ކުރެހުމުގެ ޕްރޮގްރާމެއްގައި ބައިވެރިވުމުގެ ފުރުސަތު އެމްއެލްސީން ހުޅުވާލައިފި

މަތިވެރި ލާނިންގ ސެންޓަރުން، ކުރަހަން ދަސްކޮށްދޭ ޕްރޮގްރާމެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިއީ އޮންލައިންކޮށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. އޮންލައިންކޮށް މި ފަހަރު މި ޕްރޮގްރާމް ކުރިއަށް ގެންދަނީ ގިނަ ދަރިވަރުންނަށް ފުރުސަތުދިނުމުގެ ގޮތުންކަމަށް އެ ސެންޓަރުން ބުނެއެވެ.

މި ޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ މުދައްރިސުންނާއި ދަރިވަރުންނަށް ކިޔަވައިދެއްވާއިރު ބޯޑުގައި ރީތިކޮށް މަންޒަރުތައް ކުރަހާފައި ކިޔަވައިދީ އަދި ޝައުގުވެރިކަމާއެކު ކިޔަވައިދޭ ފިލާވަޅުތައް ކުރިއަށް ގެންދިޔުމެވެ.

ކޮންމެ ރަށެއްގައި ހުރިނަމަވެސް ކުރެހުމަށް ޝައުގު ހުންނަ ދަރިވަރުންނަށް މި ޕްރޮގްރާމްގައި ބައިވެރިވެވޭނެކަމަށް އެ ސެންޓަރުން ބުނެއެވެ.

މި ޕްރޮގްރާމްގައި ކިޔަވައިދެއްވާނީ މި ދާއިރާއިން ތަޖުރިބާ ހޯއްދަވާފައިވާ މޮޅު ކުރެހުންތެރިންނެވެ. މި ޕްރޮގްރާމްގައި ބައިވެރިވާ ކޮންމެ ދަރިވަރަކަށް ޕްރޮފެޝަނަލް އާޓިސްޓުން ގެންގުޅޭ ކަހަލަ "ސްޓޭޑަންޑެއް" ހިލޭ ލިބިގެންދާނެއެވެ. މިއީ 8 ހަފްތާގެ މުއްދަތަށް ކުރިއަށްދާ ޕްްރޮގްރާމެކެވެ. މިހާރު މިޕްރޮގްރާމަށް ރަޖިސްޓްރީވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އިތުރު މަޢުލޫމާތު  7843028 މި ނަންބަރުން ލިބޭނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *