ފުރަތަމަ ފަހަރަށް ވިލާކޮލެޖުގެ ސްޓޫޑަންޓް އެސޯސިއޭޝަންގެ ފަރާތުން އަތޮޅު ތެރޭގެ ގޮފިތައް އިފްތިތާހުކޮށްފިއެވެ.
މި ރަސްމިއްޔާތު ބާއްވައިފައި ވަނީ ވާޗުއަލް ކޮށެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ އެ ކޮލެޖުގެ ރެކްޓަރ ޑރ. އަހުމަދު އަންވަރެވެ. މި ރަސްމިއްޔާތުގައި އެ ކޮލެޖުގެ އެކި ފެކަލްޓީތަކުގެ ޑީނުންނާއި ކެމްޕަސްތަކުގެ އިސްވެރިން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.
މިފަހަރު އަތޮޅުތެރޭގައ ވީސީއެސްއޭގެ ގޮފިތައް އިފްތިތާހުކުރީ ކުޅުދުއްފުށި ކެމްޕަސް، ހިތަދޫ ކެމްޕަސް، ނައިފަރު ކެމްޕަސް އަދި ލ.ގަމު ކެމްޕަހުގައެވެ.
ވިލާ ކޮލެޖުގެ ސްޓޫޑަންޓް އެސޯސިއޭޝަނަކީ އިތުރު ހަރަކާތްތައް ރާވައި ހިންގުމުގައި ވަރަށް މުހިއްމު ދައުރެއް އަދާކުރާ އެސީސިއޭޝަންއެއް ކަމަށް މި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ރެކްޓަރ އަންވަރު ވަނީ ވިދާޅުވެފައެވެ. އަދި ދަރިވަރުންގެ ބައިވެރިވުން އިތުރު ހަރަކާތްތަކުގައި ގިނަކުރުމަށް ރެކްޓަރ ވަނީ ގޮވާލައްވާފައެވެ.
އަންވަރު ވިދާޅުވި ގޮތުގައި ކޮލެޖްތަކާއި ޔުނިވާސިޓީތަކުުން ކިޔެވުން ފުރިހަަމަކޮށް އަމަލީ ގޮތުން ސްޓޫޑަންޓް އެސޯސިއޭޝަންގެ ހަރަކާތްތަކުގައި ބައިވެރިވުމުން އެ ކޮލެޖަކުން ލިބެންޖެހޭ ހަގީގީ ތަޖުރިބާ ލިބިގެންދާނެ ކަމަށެވެ.
ސްޓޫޑަންޓް ޔޫނިއަންގެ އަތޮޅުތެރޭގެ ގޮފިތަކުގެ އިސް މަގާމުތަކަށް ހޮވުނު ކުދިންގެ ނަންތައް މި ރަސްމިއްޔާތުގައި ވަނީ އިއުލާންކޮށްފައެވެ.
advertisment
ހިޔާލު