ސ ހިތަދޫ ސްކޫލުގައި ސްކައުޓް ލީޑާސް ރިފްރެޝަރ ސެޝަނެއް ބާއްވައިފިއެވެ.
މި ސެޝަނަކީ ދެވަނަ ޓާމްގައި ޔުނިފޯމް ހަރަކާތަތައް ފެށުމުގެ ކުރިން ކަބްސްކައުޓް ލީޑާސްއަށް ކުދިންގެ މީޓިންގްތަށް މިހާރަށްވުރެ ބޮޑަށް ދަރިވަރުން ޝައުގުވެރިވާނެ ގޮތަކަށް ބޭއްވުމަށް ކުރިއަށް ގެންދެވުނު ސެޝަނެކެވެ.
މި ސެޝަން ނަންގަވައި ދެއްވީ ނެޝަނަލް ސްކައުޓް ޔޫތު ކައުންސިލްގެ ޗެއަރމަން އަނޫފް އަބްދުﷲއެވެ. މި ސެޝަނަކީ މި ގޮތަށް ބާއްވާ ސެޝަންތަކުގެ ތެރެއިން ފުރަތަމަ ބައެވެ. އަދި މި ގޮތަށް ސިލްސިލާކޮށް (އޮންލައިންކޮށް) މިފަދަ ސެޝަންތައް މުސްތަގްބަލްގައި ވެސް ބޭއްވުމަށް އެ ސްކޫލުން ވަނީ ރާވާފައެވެ.
ދަރިވަރު ނޫހަށް މައުލޫމާތު ދެއްވަމުން ސްކައުޓް ކަންތައްތަކާ ހަވާލުވެ ހުންނެވި އެ ސްކޫލުގެ ލީޑިންގް ޓީޗަރު އައިމިނަތު ޒާހިރު ވިދާޅުވީ މި ސެޝަންތަކުގެ މަގްސަދަކީ ދަރިވަރުންނަށް ޝައުގުވެރިކަމާއިއެކު ކޮންމެ ހަފްތާއަކު އޮންނަ ބައްދަލުވުންތައް ކުރިއަށް ގެންދިއުމެވެ. އިތުރަށް ވިދާޅުވީ މިފަދަ ސެޝަންތަކުގެ މުހިއްމު ކަމުގެ ތެރޭގައި އަބަދުވެސް ސްކައުޓް މީޓިންގް ތަކުގައި ހިގާ ކަންތައްތައް އަޕްޑޭޓްވުމާއި މިހާރު ވެސް އެގޭ މައުލޫމާތުތައް އިތުރަށް މުއްސަދިކުރުން ހިމެނޭ ކަމަށެވެ. ކުރިން ދަސްވެފައި ހުރި ހުނަރުތައް އިތުރަށް ހަރުދަނާ ކުރުމާއި ޓެކްނޮލޮޖީއާއި ރަށްޓެހިކޮށް ދަރިވަރުންގެ ސެޝަންތައް ކުރިއަށް ގެންދިއުން ހިމެނެއެވެ.
advertisment
ހިޔާލު