ދިގު އިންތިޒާރަކަށްފަހު، ކަނޑޫދޫ ސްކޫލް އެއް ދަންފަޅި ސްކޫލަކަށް

ތ. ކަނޑޫދޫ ސްކޫލުގައި އަލަށް އިމާރާތްކުރި ކްލާސްރޫމް: ފޮޓޯ/ ކަނޑޫދޫ ސްކޫލް 

ތ. ކަނޑޫދޫ ސްކޫލްގައި އަލަށް އިމާރާތް ކުރި ޒަމާނީ 3 ކްލާސް ރޫމްއާއެކު އިއްޔެ އެ ސްކޫލުގައި އެއް ދަންފަޅިއަށް ކިޔަވަދޭން ފަށައިފިއެވެ.

ފައުންޑޭޝަން އިން ފެށިގެން ގްރޭޑް 10އާއި ހަމައަށް ކިޔަވަދެމުންދާ ކަނޑޫދޫ ސްކޫލްގައި ޖުމްލަ 118 ދަރިވަރުން ތައުލީމް ހާސިލްކުރަމުންދެއެވެ. އެ ސްކޫލުގެ ޕްރިންސިޕަލް ވިދާޅުވީ ގޮތުގައި އެ ސްކޫލަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ޖާގައިގެ ދަތިކަމެވެ. ޖާގައިގެ ދަތިކަމާހުރެ ސްކޫލް ލައިބްރަރީގައި ވެސް ކުލާސްތައް ކުރިއަށް ގެންދަންޖެހުނު ކަމަށް އެ ސްކޫލުން ބުންޏެވެ.

"ޖާގައިގެ ދަތިކަމުން، އަޅުގަނޑުމެން ބޭނުންކުރަމުންދިޔަ ގުދަނެއް ވެސް ސާފުކޮށްފައި ކުލާހެއް ގޮތަށް ބޭނުންކުރަންޖެހުނު" ޕްރިންސިޕަލް މުހައްމަދު ވަހީދު ވިދާޅުވިއެވެ.

ވަހީދު ވިދާޅުވީ، ތިން ކުލާސް ރޫމް ބޭނުންކުރަން ފެށުމުން ޖާގައިގެ ދަތިކަމަށް މި ވަގުތަށް ހައްލު ލިބުނީއެވެ. އެއްދަންފަޅިއަކަށް ބަދަލުކުރުމުން ދަރިވަރުންގެ ކަންތައްތައް ރަނގަޅަށް ބަލަހައްޓަން ފަސޭހަވުމާއެކު ޓީޗަރުން ދެ ދަންފަޅިއަކަށް ބަހަން ޖެހުމުން ދިމާވި އުނދަގޫތަކުން ސަލާމަތްވި ކަމަށް ވެސް ވަހީދު ވިދާޅުވިއެވެ.

އެއް ދަންފަޅިއަކަށް ބަދަލުވެގެން ދިޔައީމާ އެއްކުއްޖަކަށްވުރެ ގިނަ ކުދިން ސްކޫލަށް ފޮނުވާ ބެލެނިވެރީންނަށް ވަރަށް ބޮޑު ލުޔެެއް ލިބިގެންދާނެ" ކަނޑޫދޫ ސްކޫލް ޕްރިންސިޕަލް ވިދާޅުވިއެވެ.

 

 

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *