ށ.ފުނަދޫ ސްކޫލުގެ 15 ކްލާސްރޫމް އިމާރާތްކުރުމަށް ހަމަޖެހިފައިވާ ސައިޓު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
މި ރަސްމިއްޔާތުގައި، ސްކޫލުގެ ފަރާތުން ބިން ހަވާލުކޮށްދެއްވީ ފުނަދޫ ސްކޫލުގެ ޕްރިންސިޕަލް ފާތިމަތު ހަފްސާއެވެ. ބިން ހަވާލުކޮށްފައިވަނީ ސްވިފްޓް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑާއެވެ. އެ ކުންފުނީގެ ފަރާތުން، ބިމާ ހަވާލުވެލެއްވީ ކުންފުނީގެ ޑިރެކްޓަރ، މުޙައްމަދު ޒުބައިރެވެ.
ސްވިފްޓް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑުން 15 ކްލާސްރޫމް އިމާރާތްކުރުމަށް ހުށަހަޅާފައިވަނީ 15.3 މިލިއަންއެވެ. މިއީ 3 ބުރީގެ އިމާރާތެކެވެ.
ށ.ފުނަދޫ ސްކޫލުގައި މިހާރުވެސް ކިޔަވައިދެމުން ދަނީ އެއްދަންފަޅިއަށް ނަމަވެސް، ދަތިތަކާއެކީ ކަމަށް، އެ ސްކޫލް ޕްރިންސިޕަލް ފާތިމަތު ހަފްސާ ވިދާޅުވިއެވެ. އެހެންކަމުން، މި އިމާރާތް އެޅުމުން ދިމާވަމުންދާ ދަތިތައް ފަސޭހަވާނެކަމަށް ުއުންމީދު ކުރައްވާކަމަށް ޕްރިންސިޕަލް ވިދާޅުވިއެވެ.
advertisment
ހިޔާލު