ބ އަތޮޅު ތައުލީމީ މަރުކަޒުން މިދިޔަ އަހަރު އޭލެވެލްއިން ރަނގަޅު ނަތީޖާއެއް ހޯދައިފި

ބ. އަތޮޅު ތައުލީމީ މަރުކަޒުން އޭލެވެލް އިމްތިހާނުން މިފަހަރު ބައިވެރި ދަރިވަރުންގެ ނަތީޖާ އޭގެ ކުރީ އަހަރާ އަޅާބަލާއިރު ހުރިހާ މާއްދާއަކުންވެސް ރަނގަޅުކަމަށް އެ ސްކޫލުން ބުނެފިއެވެ.

މިފަހަރު އޭލެވެލްގައި ބިޒްނަސް ސްޓްރީމުން އެ ސްކޫލުން ބައިވެރިވި ހުރިހާ ދަރިވަރުން ވަނީ ފާސްވެފައެވެ. ސައިންސް ސްޓްރީމުން 78 ޕަސެންޓް ދަރިވަރުން ވަނީ ފާސްވެފައެވެ. މި ސްޓްރީމުން އެންމެ ގިނަ ދަރިވަރުން ފާސްވެފައިވަނީ ބަޔޮލޮޖީންނެވެ.

އެ މާއްދާއިން 100 ޕަސެންޓް ދަރިވަރުން ވަނީ ފާސްވެފައެވެ. ކެމިސްޓްރީން 90 ޕަސެންޓް ދަރިވަރުން ފާސްވިއިރު ފިޒިކްސުން ފާސްވީ 78 ޕަސެންޓެވެ. އިސްލާމް، ދިވެހި އަދި ހިސާބުން 93 ޕަސެންޓު ކުދިން ވަނީ ފާސްވެފައެވެ. ބ.އަތޮޅު ތައުލީމީ ތައުލީމީ މަރުކަޒުގެ 7 ދަރިވަރަކު ވަނީ ގަދަ ދިހައެއްގައިވެސް ހިމެނިފައެވެ.

ކޮވިޑްގެ މިހާލަތުގައި ގިނަ ސްކޫލުތަކުން ކިޔަވައި ދެމުން ގެންދިޔައީ އޮންލައިންކޮށެވެ. އެ ގޮތުން އެ ސްކޫލުންވެސް އޭލެވެލް ކްލާސްތައް އޮންލައިންކޮށް ގެންގޮސްފައިވީ ނަމަވެސް އިމްތިހާންގައި ބައިވެރިވި ދަރިވަރުން ވަނީ ވަރަށް ރަގަޅު ނަތީޖާއެއް ހޯދާފައެވެ.

މި ސްކޫލުން އެންމެ ފުރިހަމަ ކާމިޔާބީއެއް ހޯދާފައިވަނީ އާއިޝަތު ޝައުޒާ އިސްމާއީލްއެވެ. އެއީ ބައިވެރިވި ފަސް މާއްދާގެ ތެރެއިން ދެ އޭ ސްޓާއާއި ދެ އޭ އަދި ބީއެވެ. މީގެ އިތުރުން އެ ސްކޫލުގެ ރަފާ މުހައްމަދާއި ފާތުމަތު ރަފާވަނީ ފަސް މާއްދާގެ ތެރެއިން އެއްމާއްދައިން އޭ ސްޓާ އަކާއި ތިން މާއްދާ އިން އޭ އަކާއި އަދި ބީއެއް ހޯދާފައެވެ.

ކޮވިޑްގެ މި ހާލަތުގައި ޓީޗަރުންނާއި ދަރިވަރުން އެ ކުރި ހިތްވަރަށް އެ މަރުކަޒުން ވަނީ ސާބަސް ދީފައެވެ. އަދި އޮންލައިންކޮށް ކިޔަވައިދީގެން ދަރިވަރުން ބައެއް މާއްދަތަކުން ގެނައި ނަތީޖާއާއިމެދު ސްކޫލުން ވަނީ ވަރަށް ބޮޑަށް ހިތްހަމަޖެހިފައެވެ. އަދި މިއީ ވަރަށް ރަނގަޅު ނަތީޖާއެއްކަމަށް އެ ސްކޫލުން ވަނީ ބުނެފައެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒަކީ 700 ދަރިވަރުން ކިޔަވަމުން އަންނަ ސްކޫލެކެވެ. އެ ސްކޫލަކީ ޕްރީ ސްކޫލުން ފެށިގެން ގްރޭޑް 12 އާއި ހަމައަށް ކިޔަވައިދޭ ސްކޫލެކެވެ. މީގެ ކުރިންވެސް އެމަރުކަޒުގެ ދަރިވަރުން ވަނީ އޭލެވެލް އިމްތިހާނުން ރަން ވަނަތަކެއް ހޯދާފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *