މަތިވެރި ލާރނިންގ ސެންޓަރުން ކުޑަކުދިންނަށް ހާއްސަކޮށްގެން ޚުތުބާ ޕްރޮގްރާމްއެއް ފަށަން ނިންމައިފިއެވެ. 10 ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމްގެ އޮރިއެންޓޭޝަން އޮންނަނީ މިމަހު 26ވަނަ ދުވަހުއެވެ.
މިއީ މިސްކިތްތަކުގައި އިމާމުން އުފެއްދުމުގެ މަގްސަދުގައި ކުރިއަށްގެންދާ ވޯކްޝޮޕްއެކެވެ. އިމާމް ކޯސް ނުވަތަ އިމާމްކަން ދަސްކުރުމަކީ ހަމައެކަނި ބޮޑެތި މީހުންނަށް ޚާއްސަކަމެއް ނޫންކަމާއި ކުޑައިރު އިމާމްކަން ދަސްކުރުމުގެ މުހިންމުކަން އެ ސެންޓަރުން ފާހަގަކުރެއެވެ.
އަދި ކުޑަކުދިން ބޮޑުވެގެން މިސްކިތުގެ އިމާމްކަން ކުރާތަން ފެނުމަކީ މަތިވެރި ލާރނިންގ ސެންޓަރުން އެންމެ ދެކެން ބޭނުންވާ އެއް ދުވަހެވެ.
ގްރޭޑް 1 އިން 12 ގެ ދަރިވަރުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ މި ޕްރޮގްރާމްގައި ޚުތުބާ ކިޔާ މީހެއްގެ ހުންނަ ސިފަތައް، ޚުތުބާގައި ހިމެނޭ ބައިތައް، ޚުތުބާ ކިޔުމުގެ މުހިންމުކަން އަދި ޚުތުބާ ކިޔަން ދަސްކުރުމުގެ ބައިތައް ކުރިއަށް ގެންދާނެއެވެ. ހަމައެހެންމެ މި ޕްރޮގްރާމްގައި ބަންގި ގޮވުމާއި ނަމާދުގެ ފިޤުހްގެ ބައިވެސް ކުރިއަށް ގެންދާނެއެވެ. މި ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން https://bit.ly/khuthubaclass މި ގޫގަލް ފޯމް ފުރުމަށް އެ ސެންޓަރުންވަނީ އެދިފައެވެ.
advertisment
ހިޔާލު