އއ.ހިމަންދޫ ސްކޫލުގެ ޢުމްރާނީ ތަރައްޤީގެ މަސައްކަތް ހަވާލުކޮށް އެގްރީމެންޓުގައި ސޮއިކޮށްފި

އއ. ހިމަންދޫ ސްކޫލުގެ 12 ކްލާސްރޫމަކާއި މަލްޓިޕަރޕަސް ހޯލެއް ޢިމާރާތްކުރުމުގެ މަސައްކަތް ހަވާލުކޮށް އެގްރިމެންޓުގައި ސޮއިކުރުމުގެ ތެރެއިން؛- ފޮޓޯ: އެޑިޔުކޭޝަން މިނިސްޓްރީ

އއ. ހިމަންދޫ ސްކޫލުގެ 12 ކްލާސްރޫމަކާއި މަލްޓިޕަރޕަސް ހޯލެއް ޢިމާރާތްކުރުމުގެ މަސައްކަތް ހަވާލުކޮށް އެގްރިމެންޓުގައި ސޮއިކޮށްފިއެވެ.

މި މަސައްކަތް ބާވީސް މިލިޔަނަށް ވުރެ ގިިނަ ރުފިޔާއަށް ހަވާލުކޮށްފައިވަަނީ މާލާ ހައި ރައިޒިން ޕްރައިވެޓް ލިމިޓެޑަށެވެ.

މި އެއްބަސްވުމުގެ ދަށުން 12 ކްލާސްރޫމާއި މަލްޓިޕަރޕަސް ހޯލް  360 ދުވަސް ތެރޭގައި ނިންމުމަށް ވަނީ ހަަމަޖެހިފައެވެ.

ސްކޫލުތަކުގެ ޢުމްރާނީ ތަރައްޤީއަށް، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ދަނީ ޕީ.އެސް.އައީ.ޕީގެ ދަށުން 170އަށްވުރެ ގިނަ މަޝްރޫޢުތައް ކުރިއަށް ގެންދަމުންނެވެ. މީގެ ތެރޭގައި 1171 ކްލާސްރޫމް އެޅުމުގެ މަސައްކަތާއި، 73 މަލްޓިޕާރޕަސް ސްކޫލް ހޯލް އެޅުމުގެ މަސައްކަތުގެ އިތުރުން 297 އެހެނިހެން ވަސީލަތްތައް އެޅުމުގެ މަސައްކަތްތައް ހިމެނެއެވެ.

މަދްރަސަތުލް އިފްތިތާޙްގެ 10 ކްލާސްރޫމާއެކު އެ ސްކޫލުގައި އެއް ދަންފަޅިއަށް ކިޔެވުން ވަނީ ފަށާފައި. ފޮޓޯ: މަދްރަސަތުލް އިފްތިތާޙް

ޕީއެސްއައިޕީގެ ދަށުން ގިނަ މަޝްރޫޢުތަކެއް ކުރިއަށް ގެންދާއިރު މީގެ ތެރެއިން ގިނަ މަޝްރޫޢުތަކެއް ވަނީ ނިމިފައެވެ.

ގެމަނަފުށީ ސްކޫލް އެއްދަންފަޅިއަކަށް ބަދަލުވުމާ ގުޅިގެން އުފާފާޅުކުރުމުގެ ތެރެއިން؛- ފޮޓޯ: ގެމަނަފުށީ ސްކޫލް

އެގޮތުން، އެންމެ ފަހުން ނިމިފައިވާ މަޝްރޫޢުތަކަށް ބަލާއިރު، ޅ.ނައިފަރު މަދްރަސަތުލް އިފްތިތާޙްގެ 10 ކްލާސްރޫމް، ސްޓާފް ރޫމް އަދި އޭވީ ރޫމް ނިމި ބޭނުން ކުރަން ފަށާފައިވާއިރު ގެމަނަފުށީ ސްކޫލުގެ 10 ކްލާސް ރޫމްގެ މަސައްކަތްވެސް ނިިމި ވަނީ ބޭނުންކުރަން ފަށާފައެވެ. އެއާއިއެކު މި ދެ ސްކޫލުގައިވެސް މިހާރު ކިޔަވައިދެމުންދަނީ އެއް ދަންފަޅިއަށެވެ.

ފެހެންދޫ ސްކޫލްގައި ދަރިވަރުން ސެޓެލައިޓް ސްކޫލުގެ މަފްހޫމަށް ކިޔަވަނީ- ފޮޓޯ އެޑިއުކޭޝަން މިނިސްޓްރީ

ހަމަމިއާއެކު، ބ.ފެހެންދޫ، ވ.ރަކީދޫ އަދި ވ.ތިނަދޫގެ ދަރިވަރުންނަށް ސެޓެލައިޓް ސްކޫލްގެ ޚިދުމަތްދެވި، ކިޔެވުން ވަނީ ފެށިފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *