ޓިވެކްއިން އަންނަ މާޗުމަހު ފަށާ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ބ ކިހާދޫގައި ކޯސްޓްލައިން ފައުންޑޭޝަނުން ހިންގާ ،ޓެކްނިކަލް އެންޑް ވޮކޭޝަނަކް އެޑިޔުކޭޝަނަލް (ޓިވެކް)އިން އަންނަ މާޗުމަހު ފަށާ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެކި ދާއިރާތަކުން އަންނަ މާޗުމަހުގައި ތިން ކޯހެއް އެ ކެމްޕަހުގައި ހިންގާނެއެވެ

މިއަހަރުގެ މާޗް މަހު ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކަކީ ޑީސަލް އަދި ޕެޓްރޯލް އިންޖީނު މަރާމާތްކޮށް ބެލެހެއްޓުމާއި އިލެކްޓްރީޝަން އަދި އެއާކޮންޑިޝަންއާއި ރެފްރިޖަރޭޓަރު މަރާމާތު ކުރަން ދަސްކޮށްދެ ކޯހެވެ. ޓިވެޓުން ބުނާ ގޮތުގައި ޖުމްލަ 50 ޖާގަ ދަރިވަރުންނަށް ލިބިގެންދާނެއެވެ.

މި ކެމްޕަހުގައި ކިޔަވާ ދަރިވަރުންގެ އަތުން އެއްވެސް ފީއެއް ނުނަގާނެއެވެ. އަދި ކެއުމާއި ހުރުމުގެ އިތުރުން މުނިފޫހި ފިލުވުމަށްވެސް ގިނަ ހަރަކާތަތަކެއް އެ ކެމްޕަހުގައި އޮވެއެވެ. އަންނަ މަހު 5 ވަނަ ދުވަހާއި ހަމައަށް މިކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

ދިވެހި ޒުވާނުން މަސައްކަތްތެރިކަމުގެ ރޮނގުން ތަމްރީނު ކުރުމަށް ކޯސްޓްލައިން ފައުންޑޭޝަނުން 2016 ވަނަ އަހަރު ކިހާދޫގައި ގާއިމުކުރި މި ސެންޓަރަކީ ރާއްޖޭގެ އެންމެ ބޮޑު ވޮކޭޝަނަލް ޓްރެއިނިން ސެންޓަރެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *