އެވްރީވަންސް ލާނިންގް ސެންޓަރ އިންޓަނެޝަނަލްއިން އޯލެވެލްގެ އިންގްލިޝް އިމްތިހާނަށް ދަރިވަރުން ތައްޔާރުކޮށްދޭ ކުލާސްތަކެއް ބޭއްވުމަށް ނިންމައިފިއެވެ.
މިއީ 9 އަހަރާއި 13 އަހަރާއި ދެމެދުގެ ކުދިންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ ކުލާސްތަކެކެވެ.
ކޮންމެ ހަފުތާއަކު 5 ދުވަހު އެއްގަޑިއިރަށް ކުރިއަށްދާ މިކުލާސްތަކުގައި ބައިވެރިވުމަށް %85ގެ ހާޒިރީއެއް ބޭނުންވާނެއެވެ.
މި ސެންޓަރގެ ފަރާތުން ބައިނަލް އަގްވާމީ އެކި މުބާރާތްތަކުގައިވެސް ރާއްޖޭގެ ދަރިވަރުން ބައިވެރިކޮށް އަންނަނީ ވަރަށް ފަހުރުވެރި ނަތީޖާތަކެއް ހޯދަމުންނެވެ. މިއީ އިގިރޭސި ގިނަ ޕްރޮގްރާމްތަކެއް ހިންގާ ސެންޓަރެކެވެ. އަދި އޮންލައިން ކުލާސްތަކާއި ދަރިވަރުން ހާޒިރުވެގެންވެސް ކުލާސްތައް ކުރިއަށްގެންދެއެވެ. މިސެންޓަރުގެ ފަރާތުން ކުދިންނަށް ހިންގޭ ޕްރޮގްރާމްތަކުގެ ތެރޭގައި އެންރިޗްމަންޓް ޕްރޮގްރާމްތަކާއި، ޕަބްލިކް ސްޕީކިންގް، ސުޕަރ ސްޕެލަރ، އެގްޒޭމް ޕްރެޕަރޭޝަން، އޮންލައިން މަދަހަ ކްލާސް، އީއެލްސީސް ދަ ޝެފް އިން މިފަދަ ދަރިވަރުންގެ ކުރިއެރުމަށް ހިންގޭ އެތައް ޕްރޮގްރާމެއް ހިމެނެއެވެ.
advertisment
ހިޔާލު