މޫސުމަށް އަންނަމުންދާ ބަދަލުތައް ނުވަތަ ކްލައިމެޓް ޗޭންޖަށް ޒުވާނުން ތަމްރީންކުރުމަށް "އެޓޯލް ޔޫތް ކްލައިމެޓް ލީޑަރސް" ޕްރޮގްރާމްގެ މަޢުލޫމާތު ސެޝަނެއް ބޭއްވުމަށް ނިންމަައިފިއެވެ.
މި ޕްރޮގްރާމްގެ ދަށުން ޒުވާން ލީޑަރުން ތަމްރީނުކުރަން ނިންމާފައިވަނީ ރާއްޖެއާއެކު އިތުރު ޖަޒީރާ ތިން ގައުމަކުންނެވެ. އެއީ މާޝަލް އައިލެންޑްސްއާއި ކިރިބަތީ އަދި ތުވާލޫއިންއެވެ.
ކްލައިމެޓް ޗޭންޖް އިނޮވޭޝަން، ކްލައިމެޓް ރިސްކް ޑާޓާ ކަލެކްޝަން، ޔޫތް އެންޑް ކޮމިއުނިޓީ ފެސިލިޓޭޝަން އަދި އެތިކްސް އެންޑް ސޭފްގާޑްސް ވޯރކްޝޮޕް، މި ހަތަރު ދާއިރާއިން، ޕްރޮގްރާމްގައި ހޮވާލެވިގެންދާ ބައިވެރިން ތަމްރީން ފުރިހަމަކުރާނެއެވެ. ތަމްރީން ނިންމާ ބައިވެރިންނަށް ތަމްރީން ފުރިހަމަކުރިކަމުގެ ސެޓްފިކެޓް "އޭޑީބީ ޔޫތު ފޯ އޭޝިއާ" ގެ ފަރާތުން ދޭނެއެވެ.
އޭޑީބީ ޔޫތް ފޯ އޭޝިއާގެ ފަރާތުން ބޭއްވުމަށް ހަމަޖެހިފައިވާ މަޢުލޫމާތު ސެޝަން އަންނަ އަންގާރަ ދުވަހު ބާއްވާއިރު މި ސެޝަން ކުރިއަށް ގެންދާނީ އޮންލައިންކޮށް ޒޫމް މީޓިންގް އިންނެވެ. މި ސެޝަން އޮންނާނީ ރާއްޖެ ގަޑިން ހެނދުނު 7 ޖަހާއިރެވެ.
ދިވެހިރާއްޖެއަކީ މޫސުމަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ބޮޑެތި އަސަރުތަކެއް ކުރަމުންދާ ޖަޒީރާ ޤައުމެކެވެ. މި ތަމްރީން ޕްރޮގްރާމްގެ މަޤްސަދަކީ މޫސުމަށް އަންނަމުންދާ ބަދަލުތައް ކުޑަކުރުމުގައި ޒުވާނުން ބާރުވެރިކޮށް ނަމޫނާ ދެއްކުން ކަމުގައިވާއިރު ރާއްޖޭގައި ޙަރަކާތްތެރިވަމުންދާ ތިމާވެށީގެ އެޑްވޮކޭޓުން ޕްރޮގްރާމުގައި ބައިވެރިވުމަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލަޖީން ވަނީ ދަޢުވަތު އަރުވާފައެވެ.
advertisment
ހިޔާލު