ފޮތްތަކުގައި ހުރި ޤުރްޢާންގެ އާޔަތްތަކުގެ ކުށްހުރިތޯ ބަލައި ފާސްކުރަން ކޮމިޓީއެއް އެކުލަވާލައިފި

ރާއްޖޭގައި ޗާޕްކުރެވޭ ފޮތްތަކުގައި ހުންނަ ކީރިތި ޤުރްޢާނުގެ އާޔަތްތަކުގައި ކުށްހުރިތޯބަލައި ފާސްކުރާ ކޮމިޓީއެއް އެކުލަވާލައި އެ ކޮމިޓީއާއި އިސްލާމިކް މިނިސްޓަރ ބައްދަލުކުރައްވައިފިއެވެ.
މި ކޮމިޓީގައި ރާއްޖޭގައި މަޝްހޫރު ބައެއް އިލްމުވެރިން އަދި ޤުރްޢާން ހިތުދަސް ބޭފުޅުން ހިމެނެއެވެ.  މި ކޮމިޓީއާއި އިސްލާމިކް މިނިސްޓަރ ޑރ. އަހްމަދު ޒާހިރް ބައްދަލުކުރައްވާ ކޮމިޓީގެ މަސައްކަތް ކުރިއަށްދާނެ ގޮތާމެދު ވަނީ އެ ބޭފުޅުންނާއި މަޝްވަރާކުރައްވާފަައެވެ.

ބައެއް ގްރޭޑްތަކުގެ ދަރިވަރުންގެ ފޮތްތަކުގައި ހުރި ޤުރުއާނުގެ އާޔަތްތަކުގައި ކުށްހުރުުމުގެ ސަބަބުން އެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް އެޑިއުކޭޝަން މިނިސްޓްރީން ދަނީ ކުރަމުންނެވެ.  އެ މިނިސްޓްރީން ބުނެފައިވަނީ އެއީ ޕްރިންޓުކުރިއިރު ހުރި މައްސަލަތަކެއްކަމަށެވެ.
އެހެންކަމުން އެކުލަވާލި މި ކޮމިޓީން ރާއްޖޭގައި ޗާޕްކުރެވޭ ފޮތްތަކުގައި ހުންނަ އެފަދަ މައްސަލަތައް ބަލާނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *