ލަންދޫ ސްކޫލުގައި ބެލެނިވެރީންގެ ހިޔާއެއް އިމާރާތްކުރަނީ

ބެލެނިވެރީންގެ ހިޔާއަށް ބޭނުންވާ ތަކެތި ގެންނަނީ.ފޮޓޯ: ލަންދޫ ސްކޫލް

ލަންދޫ ސްކޫލުގައި ބެލެނިވެރީންގެ ހިޔާއެއް އިމާރާތްކުރަން ނިންމައިފިއެެވެ. ފެނަކަ ސީއެސްއާރުގެ ދަށުން އިމާރާތްކޮށްދޭ މި ހިޔާއަށް ބޭނުންވާ ބައެއް ތަކެތި މިހާރުވަނީ ލަންދޫއަށް ގެންގޮސްފައިކަމަށް އެ ސްކޫލުންވަނީ ހާމަކޮށްފައެެވެ.

1 މަސް ދުވަހުގެ ތެރޭގައި ބެލެނިވެރިންގެ ހިޔާގެ މަސައްކަތް ނިމޭނެކަމަށް އެ ސްކޫލުންވަނީ ދަރިވަރު ނޫހަށް މައުލޫމާތު ދީފައެވެ. ފެނަކަ ސީއެސްއާރުގެ ޓެކްނިކަލް ޓީމުން މި ހިޔާގެ މަަސައްކަތް ކޮށްދޭން ނިންމާފައިވާއިރު ދެ ހަފްތާ ތެރޭ މަސައްކަތް ފެށޭނެކަމަށްވެސް ލަންދޫ ސްކޫލުންވަނީ ބުނެފައެވެ.

މި ހިޔާއަކީ، އެ ސްކޫލަށް ބޭނުންތެރި ތަނެއްގެ ގޮތުގައި ފާހަގަކުރަމުން އެ ސްކޫލުން ބުނީ މިހާރު ދަރިވަރުންނާއި ބެލެނިވެރީން މަޑުކޮށްގެން ތިބެންޖެހެނީ އަވީގައިކަމަށެވެ. މި ހިޔާ ނިމުމުން ދަރިވަރުންނާއި ބެލެނިވެރީންނަށް ގަޑި ޖެހެންދެން، އެތަނުގައި މަޑުކޮށްލައިގެން ތިބެވޭނެ އިންތިޒާމްއެއް ހަމަޖެހިގެންދާނެއެވެ.

ބެލެނެވެރިންގެ ހިޔާ ހެދުމަށް ނިންމާފައިވާތީ ފެނަކައަށް އެ ސްކޫލުން ވަނީ ޝުކުރު އަދާކޮށްފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *