ކޮންމެ ކުއްޖަކަށްވެސް "ވާހަކަ ދެއްކޭނެ" މި ނަމުގައި ސެޝަނެއް ކުރިއަށް ގެންގޮސްފި

ކޮންމެ ކުއަޖަކަށްވެސް "ވާހަކަ ދެއްކޭނެ" މި ނަމުގައި ސެޝަނެއް މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ ސްޓޫޑެންޓް ޔޫނިއަން (އެމްއެންއެސްޔޫ) އިން ކުރިއަށް ގެންގޮސްފިއެވެ.

ހުރަވީ ސްކޫލްގައި ކުރިއަށްގެންދިޔަ މި ސެޝަނަކީ ދިވެހި ބަހުން ވާހަކަ ދެއްކުމަށް ލޯބިކުރާ ކުދިންނަށް ކުރިއަށް ގެންދިޔަ ސެޝަނެކެވެ. މި ސެޝަން ނަންގަވައިދެއްވީ މިދާއިރާގެ ފުންނާބު އުސް ދެ ބޭފުޅުން ކަމަށްވާ ކާނަލް މުހައްމަދު ނަޝީދާއި ކުރީގެ ދިވެހިބަހުގެ އެކަޑަމީގެ ރައީސް އަޝްރަފް އަލީއެވެ. އަދި މީގެ އިތުރުން ޖައުޝަން ޝަރީފާއި ޝިފާން މުޙައްމަދުވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. މި ސެޝަންގެ މައިގަނޑު މަގްސަދަކީ ދަރިވަރުންގެ ހިތްތަކުގައި ދިވެހި ބަހަށް ލޯބިކުރާ ދަރިވަރުންތަކެއް ބިނާކުރުމެވެ. އެމްއެންއެސްޔޫގެ ނައިބް ރައީސް އަހުމަދު އިޔާޒް ވިދާޅުވީ މިފަދަ ސެޝަންތަކެއް މާލެއާއި އަތޮޅުތެރޭގެ ސްކޫލުތަކުގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ. މީގެ ކުރިންވެސް މިފަދަ ސެޝަންތަކެއް އަތޮޅުތެރޭގެ ބައެއް ރަށްރަށުގައި އެމްއެންޔޫއިން ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި މިކަމުގައި އެޑްވައިޒަރީ ބޯޑުގެ މެމްބަރު އަލީ އަމީރު ދެއްވަމުންގެންދަވާ އެހީތެރިކަމާއި އެއްބާރުލުމަށް ވަނީ ޝުކުރު އަދާކުރަައްވާފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *