މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީން މިދިޔަ ޗުއްޓީ ތެރޭގައި ކުރިއަށް ގެންދިޔަ ހޮލިޑޭ ޕްރޮގްރާމް ނިންމައި ބައިވެރިންނަށް ސެޓްފިކެޓް ދީފިއެވެ.
މިއީ 10 ދުވަހުގެ މުއްދަތަށް ކުޑަކުދިންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި ބައިވެރިވެފައިވަނީ 8 އަހަރާއި 13 އަހަރާއި ދެމެދުގެ ދަރިވަރުންނެވެ.
މި ޕްރޮގްރާމްގައި ކިޔަވައި ދެވުނު ބައިތަކުގެ ތެރޭގައި ކުރެހުމުގެ ހުނަރާއި، ކިޔެވުމާއި ގުޅޭ މަސައްކަތްތަކާއި އެކި ކަހަަލަ އަމިއްލަ ހުނަރާއި ވިސްނުން ބޭނުންކޮށްގެން އެއްޗެހި ހެދުން ހިމެނެއެވެ. މި ޕްރޮގްރާމްގެ ތެރެއިން އެ ހުރިހާ ކުދިންގެ ހުނަރު ވަނީ ފެނިގެން ގޮސްފައެވެ.
ކުދިންނަށް އެކި ހުނަރު ދަސްކޮށްދިނުމަށް ހިންގާ މި އިންސްޓިއުޓުން ގިނަ އަދަދެއްގެ ދަރިވަރުން ވަނީ އެކި ދާއިރާތަކުން ތަމްރީނު ވެފައެވެ. މި ޕްރޮގްރާމް ނިމުމުން ބައިވެރިންނަށް ވަނީ ހަދާނީ ލިޔުން ހަވާލުކޮށްފައެވެ.
advertisment
ހިޔާލު