ޖަޕަނީސް ގްރާންޓް އެއިޑްގެ ފަރާތުން ދިވެހި ރާއްޖެއަށް ދެއްވާފައިވާ ސްކޮލަޝިޕް ފުރުސަތުތަކަށް ކުރިމަތިލުމުގެ މުއްދަތު މާދަމާގެ ނިޔަލަށް އިތުރުކޮށްފައިވާކަމަށް މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން ހާމަކޮށްފިއެވެ.
އެ އިންސްޓިޓިއުޓްއިން އިތުރުކޮށްފައިވަނީ ޖީ.ޑީ.އެސް ސްކޮލަޝިޕްގެ ދަށުން ހިންގާ މާސްޓަރޒް ޑިގްރީ ޕްރޮގްރާމްތަކުގެ މުއްދަތެވެ. މިހާރު މި ސްކޮލަޝިޕަށް ކުރިމަތިލުމުގެ އެންމެ ފަހުގެ މުއްދަތަކީ، މާދަމާގެ 2 ގެ ނިޔަލަށެވެ. މި ސްކޮލަރޝިޕަށް ދަރިވަރުން ހޮވުމުގެ ހުރިހާ ކަމެއް ކުރާނީ ޖަޕަނީސް ގްރާންޓް އެއިޑްގެ ފަރާތުންނެވެ. އަދި މި ސްކޮލަރޝިޕްއަށް ހޮވޭ ދަރިވަރުންގެ ހުރިހާ ޚަރަދެއް ހަމަޖައްސައިދޭނީވެސް އެ އިންސްޓީޓިއުޓުންނެވެ.
މި ކޯސްތަކަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކޯސް ހިންގާ އިންސްޓިޓިއުޓްއަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ އިންސްޓިޓިއުޓެއްތޯއާއި ހޮވިފައިވާ ކޯހަކީ އެމްކިޔުއޭއިން ޤަބޫލުކުރާ ކޯހެއްތޯ ކަށަވަރުކުރުމަށް މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުންވަނީ އެދިފައެވެ. އަދި ޕްރޮފެޝަނަލް ނުވަތަ ލައިސްންސިންގ ދާއިރާތަކުގެ ކޯސް ހެދުމަށް ހޮވޭ ފަރާތްތަކުން ކޯހަށް ފުރުމުގެ ކުރިން ކަމާބެހޭ އިދާރާތަކުން ޤަބޫލުކުރާ މަރުކަޒެއްގައި އެ އިދާރާއަކުން ޤަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރުމަށްވެސް އެ މިނިސްޓްރީން އެދެއެވެ.
މާސްޓަރޒް ޑިގްރީގެ 6 ފުރުސަތެއް ޖީ.ޑީ.އެސްގެ ފަރާތުން ހުށައަޅާފައިވާ މި ޕްރޮގްރާމް ރާއްޖޭގައި ލޯންޗްކޮށްފައިވަނީ 2020ވަނަ އަހަރުއެވެ.
advertisment
ހިޔާލު