އެފްއީގެ ކޯސްތަކަށް ކުރިމަތިލުމުގެ އެންމެ ފަހު ތާރީޚަކީ މިމަހުގެ 27

ފެކަލްޓީ އޮފް އެޑިޔުކޭޝަނުން ދަސްވެނިވިފައިވާ ފަރާތްތައް؛- ފޮޓޯ: ފެކަލްޓީ އޮފް އެޑީޔުކޭޝަން

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އެޑިޔުކޭޝަން (އެފްއީ) އިން ބެޗެލަރސް ޑިގްރީ އަދި މާސްޓަރސް ޑިގްރީގެ ކޯސްތަކަށް ކުރިމަތިލުމުގެ އެންމެ ފަހު ތާރީޚަކީ މިމަހުގެ 27 ކަމަށް ޔުނިވަރސިޓީން ބުނެފިއެވެ.

އެ ފެކަލްޓީން ތަމްރީނުކުރާ ކޯސްތަކުގެ ތެރޭގައި ހިމެނެނީ ތުއްތުކުދިންނަށް ކިޔަވައިދޭ މުދައްރިސުންނަށް ޙާއްސ،ަ ބެޗެލަރސް އޮފް ޓީޗިންގ އަރލީ ޗައިލްޑްހުޑް ކޯސް އަދި  ޙާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދިނުމުގެ ގޮތުން ޙާއްސަވާން ބޭނުންވާ ފަރާތްތަކަށް، ބެޗެލަރސް އޮފް ޓީޗިންގ ސްޕެޝަލް އެޑިޔުކޭޝަން ކޯސް ހިމެނެއެވެ. މިއާއެކު، ބެޗެލަރސް އޮފް ޕްރައިމަރީ އަދި ބެޗެލަރސް އޮފް ޓީޗިންގ ސެކަންޑަރީ ކޯހަކީވެސް އެ ފެކަލްޓީން ހިންގާ ވަރަށް ޙާއްސަ ދެ ކޯހެވެ.

މީގެ އިތުުރުން، ވަކި ވަކި މާއްދާތައް ކިޔަވައިދޭން ޙާއްސަވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތުވެސް ވަނީ އެ ފެކަލްޓީން ހުޅުވާލާފައެވެ.

ދިވެހިރާއްޖޭގެ ޤައުމީ މަންހަޖުގައި ހިމެނޭ ހުރިހާ މާއްދާތަކަށް ޓީޗަރުން ތަމްރީނު ކުރުމުގައި އެފްއީން ވަނީ ފުރުސަތު ހުޅުވާލާފައެވެ.

1977 ވަނަ އަހަރުން ފެށިގެން މެދުކެނޑުމެއްނެތި މުދައްރިސުން ތަމްރީން ކުރަމުން ގެންދާ އެ މަރުކަޒުން ވަނީ ވޭތުވެދިޔަ 44 އަހަރުތެރޭގައި ތަފާތު ފެންވަރުގައި، އެކި ކޯސްތަކުން، އެތަކެއް ހާސް ޤާބިލް ކުޅަދާނަ މުދައްރިސުން ނެރެދީފައެވެ. މާލޭގެ އިތުރުން ރާއްޖޭގެ ތިން ސަރަހައްދެއްގައި ޔުނިވަރސިޓީގެ ތިން ކެމްޕަހެއްގައި އެ ފެކަލްޓީގެ ކޯސްތައް ފުރިހަމަކުރެވޭނެއެވެ. އެއީ ހދ.ކުޅުދުއްފުށި، ގދ.ތިނަދޫ އަދ ލ.ގަމުގެ ކެމްޕަސްތަކެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *