އަރަބިއްޔާ ސްކޫލުގެ ބޭނުންތަކަށް، ކާނިވާ ސަރަހައްދުން ބިމެއް ހަމަޖައްސައިދީފިއެވެ. އެޑިއުކޭޝަން މިނިސްޓްރީގެ އެދުމަކަށް އަރަބިއްޔާ ސްކޫލަށް ބިން ހަމަޖައްސައިދީފައިވަނީ ބޮޑުތަކުރުފާނު މަގުން ކަނިވާ ސަރަހައްދުގައި ހުރި ޕާކިން ޒޯންއެވެ. މި ބިން ސިޓީ ކައިންސިލުން ދީފައިވަނީ އެކައުންސިލްގެ ބެލުމުގެ ދަށުންނެވެ.
އަރަބިއްޔާ ސްކޫލުގެ ދަރިވަރުންނަށް ކިޔަވައިދިނުމަށް ވަގުތީގޮތުން ހަމަޖައްސައިދީފައިވަނީ ކުރީގެ ފޮރިން މިނިސްޓްރީ ހިންގި އިމާރާތެވެ. އެ ސަރަހައްދަކީ، ދުއްވާ ތަކެތި ގިނަ ސަރަހައްދަކަށްވުމުން ސްކޫލަށްދާ ދަރިވަރުންނާއި ބެލެނިވެރިން ވަދެނުކުމެ އުޅުމަށާއި ބެލެނިވެރީން މަޑުކޮށްގެން ތިބޭނެ ތަނެއްގެ ގޮތުގައި ބިމެއް ބޭނުންވެއެވެ. އެ ގޮތުން ކާނިވާ ސަރަހައްދުގައި ހުރި ޕާކިން ޒޯން ހަމަޖައްސައިދީފައިވަނީ އެ ބޭނުންތަކަށެވެ.
އަރަބިއްޔާ ސްކޫލުގެ ބޭނުންތަކަށް ދިން އެ ސަރަހައްދުގައި 60 ސައިކަލު ޕާކު ކުރެވެއެވެ. އެހެންކަމުން އެ ސްކޫލުގެ ބެލެނިވެރިންނަށް ކުރިމަތިވެފައިވާ ދަތިތަކަށް ވަގުތީ ހައްލެއް ލިބިގެންދާނެކަމަށް އެޑިއުކޭޝަނުން ބުނެއެވެ.
އެ މިނިސްޓްރީން އެދުނީ އެމްޓީސީސީގެ ޝޯ ރޫމާއި ކާނިވާ ސަރަހައްދުގެ ޕާކިން ޒޯނާ ދެމެދު ފެންސް ޖަހާފައިވާ ސަރަހައްދު އެ ސްކޫލަށް ދިނުމަށެވެ. ނަމަވެސް އެ ބިމަކީ އެހެން ބަޔަކަށް އެއްބަސްވުމަކުން ދޫކޮށްފައިވާ ބިމަކަށްވާތީ އެ ބިން ދެވެން ނެތްކަމަށް ސިޓީ ކައުންސިލުންވަނީ ބުނެފައެވެ.
މި ފެށުނު ދިރާސީ އަހަރުގެ ދެވަނަ ޓާމަށް އަރަބިއްޔާ ސްކޫލްގެ ވަގުތީ އިމާރާތް ނިންމާ، ކިޔަވައިދޭން ވަނީ ފަށާފައެވެ. އެ ސްކޫލް ބަދަލުކޮށްފައިވަނީ ސްކޫލު ހިންގި އިމާރާތުގައި ރެނދުލައި ހާލަތުދަށްވެ އެ އިމާރާތުގައި ކިޔަވައިދިނުމަކީ ރައްކާތެރިކަމެއްކަމަށް ނުވާތީއެވެ.
advertisment
ހިޔާލު