ކޮވިޑް-19 ހަލުވިކަމާއިއެކު ފެތުރެމުންދިޔަ ނަމަވެސް ޕްރީ ސްކޫލްތައް އަދި ބަންދުކުރަން ނިންމާފައި ނުވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
އެމިނިސްޓްރީން މިހެން ބުނެފައިވާއިރު މިމަހުގެ 16ވަނަ ދުވަހު ވަނީ ދިރާސީ އަހަރުގެ ދެވަނަ ޓާމްގެ ކިޔެވުންވެސް ފަށާފައެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީން އަންގާފައިވާ އެންގުންތަކާއި އެއްގޮތަށް ކިޔަވައިދިނުން ކުރިއަށް ގެންދާއިރު ގްރޭޑް 1 އިން 8ގެ ދަރިވަރުން ސްކޫލުތަކަށް ހާޒިރުވާން ޖެހެނީ ހަފްތާއަކު ދެ ދުވަހުއެވެ. އަދި ސްކޫލް ކިޔަވައިދޭ ދަންފަޅި ދިގު ނުކުރުމަށާއި، މާސްކް ނަގައިގެން ހިންގަންޖެހޭ އެއްވެސް ހަރަކާތެއް ނުހިންގުމުގެ އިތުރުން ކްލާސް ތެރޭގައި 3 ފޫޓު ދުރުމިން ބެހެއްޓުމާއި ސެނިޓައިޒަރ ބޭނުން ކުރުން އަދި ދަރިވަރުން ކްލާސް ރޫމްތަކަށް ހާޒިރުވާއިރު ހުންބެލުމާއި ސެނިޓައިޒަރ ބޭނުން ކުރުމަށް ސްކޫލުތަކަށް ވަނީ އަންގާފައެވެ. އަދި މި ދުވަސްވަރު ސްކޫލުގެ ހުރިހާ ހަރަކާތްތަކެއްގައިވެސް ގައިދުރުކަން އިސްކުުރުމަށްވެސް ވަނީ އަންގާފައެވެ. އަދި އެއްވެސް އިތުރު އެއްވެސް ހަރަކާތެއް ނުބޭއްވުމަށް ވަނީ އަންގާފައެވެ.
advertisment
ހިޔާލު