ރ ފައިނު ސްކޫލުގައި ދެ ދުވަހުގެ ވޯކްޝޮޕެއް ކުރިއަށް ގެންގޮސްފިއެވެ.
މި ވޯކްޝޮޕަކީ "އެފްކްޓިވް ޕެޑަގޮޖީ އެސެސްމަންޓް އެންޑް އެވަލުއޭޝަން އެންޑް އިންކޯޕަރޭޓިންގ އެންސީއެޕް ކީ ކޮމްޕެޓެންސީސް" މި މައުޝޫއުގެ ދަށުން ހިންގި މި ވޯކްޝޮޕަކީ ސްކޫލުގެ ޓީޗަރުންގެ ލިޓެރަސީއާއި ނިއުމެރަސީ ކުރިއެރުމަށް ކުރިއަށް ގެންދިޔަ ވޯކް ޝޮޕެކެވެ. މި ވޯކްޝޮޕްގައި އެ ސްކޫލްގެ ގިނަ އަދަދެއްގެ ޓީޗަރުން ވަނީ ބައިވެރިވެފައެވެ.
މި ސެޝަންތައް އެ ސްކޫލުގެ ޓީޗަރުންނަށް ނަންގަވައިދެއްވީ ރ.ވާދޫ ސްކޫލްގެ ޕްރިންސިޕަލް އިސްމާއިލް ނަސީރުއާއި، ހުޅުދުއްފާރު ސްކޫލް ޕްރިންސިޕަލް މުޙައްމަދު ފަޔާޒު އެވެ. މިއީ އެ ސްކޫލުގެ ޓީޗަރުންނަށް ރިފްރެޝަރއެއްގެ ގޮތުން ކުރިއަށް ގެންދެވުނު ސެޝަންތެކެވެ. އަދި މި ސެޝަންގައި ގިނަ ޓީޗަރުންގެ ސުވާލުތަކަށް އެބޭފުޅުން ވަނީ ޖަވާބު ދެއްވާފައެވެ. މި ސެޝަންގެ މައިގަނޑު މަގްސަދަކީ ސްކޫލު ޓީޗަރުން ލިޓަރެސީއާއި ނިއުމެރަސީން ފެންވަރު ރަނގަޅުކުރުމެވެ.
advertisment
ހިޔާލު