ފުރަތަމަ ޓާމުގެ ޗުއްޓީއަށްފަހު، ކޮވިޑް 19އިން ރައްކާތެރި ވުމަށް ސްކޫލްތަކުގައި އެޅި ފިޔަވަޅުތައް ވަރުގަދަކޮށް، ދެވަނަ ޓާމުގެ ކިޔެވުން މިއަދު ފަށައިފިއެވެ.
ދެވަނަ ޓާމުގެ ކިޔެވުން ފެށިއިރު، ފުރަތަމަ ހަފްތާގައި މާލޭގެ ސްކޫލްތަކުގައި ކިޔެވުން ކުރިއަށް ގެންދަނީ ދަންފަޅި ކުރުކޮށް ހަފްތާއަކު ދެ ދުވަހުއެވެ. މާލޭ ސަރަހައްދުގައި ކޮވިޑް ކޭސްތައް އިންތިހާއަށް އިތުރުވަމުން ދިއުމާއެކު ރައްކާތެރި ވުމުގެ ގޮތުން ގިނަ ފިޔަވަޅުތައް ވަނީ ސްކޫލްތަކުގައި އަޅާފައެވެ.
ރައްކާތެރި ކަމުގެ ގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުން، ސްކޫލްގެ ހުރިހާ ހަރަކާތްތަކެއްގައި ވެސް ގައި ދުރުކަން ދެމެހެއްޓުމާއި، ދަރިވަރުން ސްކޫލަށް ހާޒިރު ވުމުން ހުންބެލުން އަދި ސެނެޓައިޒްކުރުން ނުވަތަ އަތްދޮވުމާއި، ސްކޫލުގެ ކިޔަވައިދޭ ދަންފަޅި ކުރުކުރުމާއި ކްލާސްރޫމްގައި ދަރިވަރުން ތިބޭއިރު 3 ފޫޓު ދުރުމިން ބެހެއްޓުން ހިމެނެއެވެ. އަދި ގްރޭޑް 1 އިން 8 ގެ ދަރިވަރުން ފުރަތަމަ ހަފްތާގައި މަދުވެގެން 2 ދުވަހު ސްކޫލަށް ހާޒިރުވާ ގޮތަށް ޓައިމްޓޭބަލް ރޭވުމާއި މާސްކު ނަގައިގެން ހިންގަންޖެހޭ އެއްވެސް ހަރަކާތެއް ސްކޫލްގައި ނުހިންގުމާއި ކޯވިޑް-19 އިން ރައްކާތެރިވުމަށްޓަކައި ހެލްތު ޕްރޮޓެކްޝަން އެޖެންސީން ދޭ އިރުޝާދުތަކަށް އަމަލުކުރަން
ތައުލީމާބެހޭ ވުޒާރާއިން ދިން މައުލޫމާތު ތަކަށް ބަލާއިރު، މި އަހަރު 73،000 ކުދިން ސްކޫލްތަކުގައި ރަސްމީ ތައުލީމް ޙާޞިލް ކުރަމުން ގެންދެއެވެ.
advertisment
ހިޔާލު