އެޑިއުކޭޝަން މިނިސްޓަރ ފޯކައިދޫ ސްކޫލުގެ މެނޭޖްމަންޓާ ބައްދަލުކުރައްވައިފި

މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ އައިޝަތު އަލީ ފޯކައިދޫ ސްކޫލްގެ މެނޭޖްމަންޓާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައިި އެ ސްކޫލުގެ ސީނިއަރ މެނޭޖްމަންޓްގެ ބޭފުޅުން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. މި ބައްދަލުކުރެއްވުމުގައި ސްލޫލް ހިންގުން އިތުރަށް ހަރުދަނާކޮށް، ދަރިވަރުންގެ އުނގެނުން އިތުރަށް ތަރައްގީ ކުރެވޭނެ ގޮތްތަކާއި ބެހޭ ގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ. މި ބައްދަލުވުމުގައި ފޯކައިދޫ ސްކޫލަށް ދިމާވެފައި ހުރި ދަތިތަކާއި ގުޅޭ ގޮތުން އެ ސްކޫލުންވަނީ މިނިސްޓަރާ މަޝްވަރާކޮށްފައެވެ.

ފޯކައިދޫ ސްކޫލަކީ ޕްރީ ނާސަރީން ފެށިގެން ގްރޭޑް 12އާއި ހަމައަށް 471 ދަރިވަރުން ކިޔަވައި ދެމުން އަންނަ ސްކޫލެކެވެ. އެ ސްކޫލްގައި ޒަމާނީ ވަސީލަތްތަކާއިއެކު މަލްޓި ޕާޕަސް ހޯލެއް ވަނީ ގާއިމްކޮށްފައެވެ.

އެ ސްކޫލަކީ 2 ދަންފަޅިއަށް ކިޔަވައިދޭ ސްކޫލެކެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *