ބަދަހި އަދި ފެހެލި މުޖުތަމައުއެއް ބިނާކުރުމުގައި "އިސްލާމީ ނަޒަރު" މި މައުޟޫއަށް މައުލޫމާތު ދިނުމުގެ ސެޝަނެއް އިސްލާމިކް ޔުނިވަރސިޓީން ކުރިއަށް ގެންގޮސްފިއެވެ.
މިއީ ރާއްޖޭގެ ސްކޫލްތަކުގެ ޕްރިންސިޕަލުންނަށް ކުރިއަށް ގެންދިޔަ އަހުލުވެރިކުރުމުގެ ޕްރޮގްރާމްގައި އެން.ސީ.ޓީ.ސީއާއި ދިވެހި ރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއާއި ގުޅިގެން ކުރިއަށް ގެންދެވުނު ސެޝަންތަކެކެވެ.
އިސްލާމިކް ޔުނިވަރސިޓީގެ ފަރާތުން މި ސެޝަންތައް ނަންގަވައިދެއްވީ އެ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ.އިބްރާހިމް ޒަކަރިއްޔާ މޫސާއެވެ. މީގެ އިތުރުން މި ސެޝަންގައި އެ ޔުނިވަރސޓީގެ ބައެއް ލެކްޗަރައިންވެސް ވަނީ މައުލޫމާތު ދެއްވާފައެވެ. އޭގެ ތެރޭގައި ޑރ. ސައުދުﷲ އަލީ، އަލްއުސްތާޒު އިސްމާއިލް ނާޖީ އަދި އަލްއުސްތާޒު އަހްމަދު ނިޒާރު ސޯދިގު ހިމެނެއެވެ.
advertisment
ހިޔާލު