އޭ ލެވެލް އިމްތިހާންގެ ނަތީޖާ ދޫކުރަން ފަށައިފި

ފޮޓޯ:- ޕީ.އެސް.އެމް

މިދިޔަ އޮކްޓޯބަރު/ނޮވެމްބަރު މަހު ބޭއްވި އޭ ލެވެލް އިމްތިހާނުގެ ނަތީޖާ ދޫކުރަން ފަށައިފި އެވެ.

ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަނުން ބުނެފައިވަނީ މިއަދުން ފެށިގެން އިމްތިހާނު ސެންޓަރުތަކުން ދަރިވަރުންގެ ނަތީޖާ ލިބޭނެ ކަމަށެވެ.

އޮކްޓޯބަރު/ނޮވެމްބަރު މަހު ބޭއްވުނު އޭ ލެވެލް އިމްތިހާނުގައި 2،700 ދަރިވަރުން ބައިވެރިވެފައިވެއެވެ.

އެންމެ ފުރަތަމަ އެޑެކްސެލް އިމްތިހާނު ބޭއްވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެތެރޭގައެވެ. ނަމަވެސް ގިނަ ކަރުދާސްތަކެއް ލީކުވަމުން ދިއުމުގެ ސަބަބުން އެޑިއުކޭޝަން މިނިސްޓްރީން ނިންމީ އެ އިމްތިހާނު ކެންސަލް ކުރުމަށްފަހު، މިދިޔަ އޮކްޓޯބަރު/ނޮވެމްބަރު އިންޓޭކުގައި އޭ ލެވެލް އިމްތިހާނު ކުރިއަށް ގެންދިޔުމަށެވެ.

އެޑެކްސެލް އިމްތިހާންގެ ކުރިން ވަނީ އިސްލާމާއި ދިވެހި މާއްދާގެ އިމްތިހާން ބާއްވާފައެވެ.

އިމްތިހާނު ފަސްވެގެން ދިޔުމުގެ ސަބަބުން އެޑިއުކޭޝަން މިނިސްޓްރީން ދެ ގޮތެއް އިހުތިޔާރުކުރުމަށް ފުރުޞަތު ދީފައިވެއެވެ. އެއީ އޭ ލެވެލް ހަދަން ބޭނުންވާ ކުދިންނަށް އެ ފުރުސަތު ދިނުމާއި ޓީޗަރ ބޭސްޑް އެސެސްމަންޓެއް ހަދައި ކިޔެވުން ނިންމާލުމަށެވެ.

14 ސްކޫލަކުން 74 ދަރިވަރަކު ވަނީ ޓީޗަރ ބޭސްޑް އެސެސްމަންޓެއް ހަދާފައެވެ.

ކޮވިޑާއި ގުޅިގެން އިމްތިހާންތައް ބޭއްވުމުގައި ގޮންޖެހުންތައް ކުރިމަތިވި ކަމުގައި ވީނަމަވެސް އިމްތިހާންތައް ވަނީ ކުރިއަށްގެންގޮސް ނިންމާލާފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *