ޕްރިންސިޕަލުންނަށް ހިންގި އަހުުލުވެރިކުރުވުމުގެ ޕްރޮގްރާމް ނިންމާލައިފި

ޕްރިންސިޕަލުންނަށް ބޭއްވި އޮރިއެންޓޭޝަން ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން :- ފޮޓޯ؛ މިނިސްޓްރީ އޮފް އެޑިޔުކޭޝަން

ސްކޫލްތަކަށް އަލަށް ގުޅިވަޑައިގެންނެވި ޕްރިންސިޕަލުންނަށް ބޭއްވި އޮރިއެންޓޭޝަން ނިންމާލައިފިއެވެ.

ސްކޫލުތަކަށް އަލަށް އައްޔަންކުރަައްވާފައިވާ ޕްރިންސިޕަލުން، ތަޢުލީމި ދާއިރާއަށް އަހުލުވެރިކުރުވުމުގެ ގޮތުން ކުރިއަށްގެންދިޔަ މި ޕްރޮގްރާމަކީ ދެދުވަަހަށް ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ.

ޕްރިންސިޕަލުންނަށް ބޭއްވި އޮރިއެންޓެޝަން ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން؛- ފޮޓޯ: މިނިސްޓްރީ އޮފް އެޑިޔުކޭޝަން

މި ޕްރޮގްރާމްގައި، ބައެއް ބައިވެރިން ވަނީ އޮންލައިންކޮށްވެސް ބައިވެރިވެފައެވެ.

މި ޕްރޮގްރާމުގެ މަޤްސަދަކީ، އެޑިއުކޭޝަން މިނިސްޓްރީގެ އުސޫލުތަކަށާއި ޤަވާޢިދުތަކަށް އަހުލުވެރިކުރުވުމެވެ. އެ މިނިސްޓްރީގެ ކޮންމެ ޑިޕާޓްމަންޓެއްގެ އިސްވެރިން، އެ ޑިޕާޓްމަންޓްގެ ކަންތައްތައް ކިޔައިދީ، މަޢުލޫމާތު ސާފުކޮށްދީފައިވެއެވެ.

އަދި މިނިސްޓްރީގެ ސާކިއުލަރއަށް އަހުލުވެރިކޮށް، ފަސޭހަކަމާއެކު މަޤާމުގެ މަސްއޫލިއްޔަތުތައް އަދާކުރެވޭނެ ގޮތް ހިއްސާކޮށްފައިވެއެވެ.  މީގެ އިތުރުން ސްކޫލުތަކުގެ ލީޑަރުން ތަރައްޤީކުރުމަށް މަސައްކަތްކޮށް "އިންސްޓްރަކްޝަނަލް ޑިވެލޮޕްމެންޓް" އަށް އެހީތެރިކަން ފޯރުކޮށްދީ، ސްކޫލުގައި އެއްބައިވަންތަ މާހައުލެއް ބިނާކުރުމަށް ދަސްކޮށްދިނުމަކީ މި އޮރިއެންޓޭޝަނުން އުނގަންނައިދިން ކަންތައްތަކެވެ.

ޕްރިންސިޕަލުންނަށް ބޭއްވި އޮރިއެންޓެޝަން ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން؛- ފޮޓޯ: މިނިސްޓްރީ އޮފް އެޑިޔުކޭޝަން

މި ޕްރޮގްރާމް ނިންމި ހުރިހާ ފަރާތްތަކަށް ވަނީ އޮރިއެންޓޭޝަން ނިންމިކަމުގެ ސެޓްފިކެޓް ހަވާލުކޮށްފައެވެ. މި ޕްރޮގްރާމް ނިންމި  ޕްރިންސިޕަލުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވާފައިވަނީ ސްޓޭޓް މިނިސްޓަރ ފާތިމަތު ނަސީރެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *