ޤައުމީ ޔުނިވަރސިޓީއާއި އިނގިރޭސިވިލާތުގެ ޕްލިމަތު ޔުނިވަރސިޓީއާ ދެމެދު މެމަރަންޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ)އެއްގައި ސޮއިކޮށްފި އެވެ.
މި އެއްބަސްވުމުގައި ޤައުމީ ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗަންސެލަރ މުހައްމަދު ޝަރީފެވެ. ޕްލިމަތު ޔުނިވަރސިޓީގެ ފަރާތުން ޕްރޮފެސަރ ޑރ. ގާޑް މެސަލިންކެވެ. މި އެއްބަސްވުމުގެ ދަށުން ދެ ޔުނިވަރސިޓީގެ ހިންގުން ހަރުދަނާކޮށް ވަކިވަކި ތަޢުލީމީ ޕްރޮޖެކްޓްތަކުގައި ދެ ފަރާތުގެ އެހީތެރިކަން ހޯދޭނެ ކަމަށް އެމްއެންޔޫއިން ވަނީ ބުނެފައެވެ.
މީގެ އިތުރުން ދިރާސާކުރުުމުގެ ދާއިރާއިން ޙާއްސަ އެހީތެރިކަން ހޯދުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ދެ ފަރާތް ގުޅިގެން އެފަދަ ރިސަރޗްތައް ހެދުމަށްވެސް ރޭވިފައިވެއެވެ.
ޤައުމީ ޔުނިވަރސިޓީން ބުނީ ޕްލިމަތު ޔުނިވަރސިޓީއާއެކު ޤާއިމްކުރި އެއްބަސްވުމުގެ ދަށުން ދެ ޔުނިވަރސިޓީގައި ކިޔަވާ ކުދިންނާއި މުވައްޒަފުން ބަދަލުކުރުމުގެ ޙާއްސަ ޕްރޮގްރާމެއްވެސް ހިންގާނެ ކަމަށެވެ. މި ޕްރޮގްރާމުގެ ދަށުން ޤައުމީ ޔުނިވަރސިޓީގައި ކިޔަވާ ކުދިންނަށް ޕްލިމަތަށް ގޮސް އެ ޔުނިވަރސިޓީގެ ކިޔެވުމުގެ މާހައުލު ތަޖުރިބާކޮށްލުުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

ޕްލިމަތު ޔުނިވަރސިޓީގެ ޕްރޮފެސަރ، ޑރ. ގާޑް މެސަލިން ވަނީ މޫސުމީ ބަދަލުތަކުގެ ސަބަބުން އަތޮޅުތެރޭގެ ރަށްތަކުގެ މޫދުގެ ލޮނުގަނޑުމަތިވުމާގުޅޭ ޕަބްލިކް ލެކްޗަރއެއް ދެއްވާފައެވެ. މި ލެކްޗަރ އޮތީ ޤައުމީ ޔުނިވަރސިޓީގެ އޮޑިޓޯރިއަމްގައެވެ.
ޤައުމީ ޔުނިވަރސިޓީން އަންނަނީ އެ ޔުނިވަރސިޓީގެ އެކި ފެކަލްޓީތަކުގެ ކިޔެވުމުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން ޙާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ. އެހެން ޔުނިވަރސިޓީތަކާ ގުޅިގެން މިފަދަ އިތުރު އެއްބަސްވުންތައްވެސް އަންނަނީ ހަދަމުންނެވެ.
advertisment
ހިޔާލު