ދެވަނަ ޓާމްގެ ކިޔެވުން އަންނަ އާދިއްތަ ދުވަހު ފެށޭއިރު ކިޔެވުން ކުރިއަށް ގެންދާނީ ކްލާސްތަކަށް ހާޒިރުވެގެންކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން މިހެން ބުނެފައިވަނީ މިއަދު ދަރިވަރު ނޫހުން މިކަމާ ގުޅިގެން ކުރި ސުވާލަކަށް ޖަވާބުދެމުންނެވެ.
އޮމިކްރަން ވޭރިއަންޓް ފެތުރެމުންދާ މިހާލަތުގައިި، ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ސްކޫލްތަކުގައި ދަރިވަރުންނާއި މުވައްޒަފުން ރައްކާތެރިކަމާއެކު އަމަލުކުރަންޖެހޭނެ ގޮތްތައް އެޑިއުކޭޝަން މިނިސްޓްރީއާއި މަޝްވަރާކޮށްފައެވެ. އެގޮތުން ސްކޫލްތެރޭ ހުރިހާ ވަގުތެއްގައި މާސްކު އަޅައިގެން އުޅުމާއި ދަރިވަރުންނާއި މުވައްޒަފުން އެއްތަނަކަށް އެއްވެ ކައިބޮއި ނުހެދުމަށްވެސް އެދިފައެވެ.
ސްކޫލްތަކަށް ހާޒިރުވެގެން ކިޔެވުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާއިރު، އެޗްޕީއޭއިން މިދަނޑިވަޅަށް އާންމުކޮށްފައިވާ އުސޫލްތަކާއި މިންގަނޑުތަކާއި އެއްގޮތަށް އަމަލުކުރުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ. އަދި ސްކޫލްގައި އުޅޭ ވަގުތުތަކާއި އެ ނޫންވެސް ވަގުތުތަކުގައި ސައިބޯނިލައިގެން އަތްދޮވުމާއި ސެނެޓައިޒް ކުރުމާއި ގައިދުރުކަން ބެހެއްޓުމަށްވެސްވަނީ އެދިފައެވެ.
އެޗްޕީއޭގެ އަމާޒަކީ ސްކޫލުތަކުގެ ކިޔަވާ ދަރިވަރުންގެ ކިޔެވުމަށް ބުރޫ ނާރާނެގޮތަކަށް ބަލި ކޮންޓްރޯލުކުރުން ކަމަށް މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ.ނަޒްލާ ވަނީ ވިދާޅުވެފައެވެ.
advertisment
ހިޔާލު