އެންލައިޓެން އަ މައިންޑްފުލް ކޮމިޔުނިޓީން އިންތިޒާމްކޮށް، "އިންޓެންޝަނަލް ލިވިންގ" ގެ ނަމުގައި، ސެޝަނެއް ކުރިއަށް ގެންދިޔުމަށް ނިންމައިފިއެވެ.
"އިންޓެންޝަނަލް ލިވިންގ" މި ސެޝަން އަމާޒުވެގެންދާނީ، ދިރިއުޅުމުގައި ދިމާވާ ދަތިތަކާއި ގޮންޖެހުންތައް ކަނޑައްތުކޮށް، އަމިއްލަ ޒިންމާއާއެކު ތިމާގެ ދިރިއުޅުން ކުރިއަށް ގެންދިޔުމުގެ ގޮތް ކިޔައިދިނުމަށެވެ. އެގޮތުން، ޖަޒުބާތީ ގޮތުންނާއި، ނަފްސާނީ ގޮތުންނާއި، އިޖްތިމާޢީ ގޮތުންނާއި އަދި ކުރިއަށްދާނެ ދާއިރާގެ ގޮތުން ދިމާވާ ގޮންޖެހުންތަކާމެދު ކަން ކުރާނެ ގޮތް މި ސެޝަނުން ކިޔައިދޭނެއެވެ.

އަދި ދިރިއުޅުމުގައި ކުރިއަށް ދާނެ ދިމާލެއް ނޭނގިފައިތިބި ފަރާތްތަކަށްވެސް އެފަދަކަންކަމުގައި ހައްލު ހޯދައި، އެފަދަ މުހިއްމު ނިންމުންތައް ނިންމުގައި ވިސްނާނެ ބައިތައް އޮޅުންފިލުވައިދިނުމަށް ހަމަޖެހިފައިވެއެވެ. އަދި މުސްތަޤްބަލުގައި ދިމާވެދާނެ ދަތިތަކަށް އަލިއަޅުވައި، އަމިއްލަ ޒިންމާ ނެގުމަށް ދަސްކޮށްދިނުންފަދަ ކަންތައްތައް މި ސެޝަނުގައި ކިޔައިދެވިގެންދާނެއެވެ.
16 އަހަރުން މަތީގެ ކުދިންނަށް އަމާޒުކޮށް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ މި ސެޝަން ނަގައިދޭނީ، މޯލްޑިވްސް އެސޯސިއޭޝަން އޮފް ހިއުމަން ރިސޯސަސް ޕްރޮފެޝަނަލްސްގެ ރައީސް އަދި ލަކްސް ރިސޯރޓް އެންޑް ހޮޓެލްސްގެ ރީޖަނަލް ޑިރެކްޓަރ ހުސެއިން އަފީފް އެވެ.

މި ސެޝަން ނަގައިދޭނީ މި މަހު 22 ވަނަ ހޮނިހިރު ދުވަހު 14:00- 17:00 އަށް މޯލްޑިވްސް ޕޮލިޓެކްނިކްގައެވެ. މި ސެޝަންގައި ބައިވެރިވުމަށް ރެޖިސްޓަރ ވެވޭނީ (https://docs.google.com/forms/d/e/1FAIpQLSdAEsmnqAlLLmC3ng1gFQJhYqVuskHkREDvN-AwBoCoHCTm8A/viewform) ލިންކް މެދުވެރިކޮށެވެ. ފޭސް ޓު ފޭސް ކޮށް ކުރިއަށްގެންދާ މި ސެޝަން، އެންލައިޓެން އަ މައިންޑްފުލް ކޮމިޔުނިޓީގެ ފޭސްބުކް ޕޭޖުން ލައިވް ކުރާނެއެވެ.
advertisment
ހިޔާލު