ދެވަނަ ފިޔަވަހީގައި ޕްރީ ސްކޫލެއް އަޅައިދޭނޭ ބަޔަކު ހޯދަން އިޢުލާންކޮށްފި

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ޕްރީސްކޫލެއް އަޅައިދޭނެ ބަޔަކު ހޯދަން އެޗްޑީސީން އިއުލާން ކޮށްފިއެވެ.

އެޗްޑީސީން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައިވަނީ އެ ޕްރީ ސްކޫލު އަޅަން ކުރިމަތި ލެވޭނީ ހަމައެކަނި ދިވެހި ކުންފުނިތަކަށް ކަމަށާއި ބީލަން ހުށަހެޅޭނީ އެޗްޑީސީގެ އެއްވެސް މުވައްޒަފަކާ ގުޅުން ނޯންނަ ފަރާތްތަކަށް ކަމަށެވެ.

މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 25 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލާފަ އެވެ. ބީލަމާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވޭނެ އެންމެ ފަހުގެ ތާރީޙަކީ މި މަހުގެ 18 ވަނަ ދުވަހެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ޕްރީ ސްކޫލެއް އަޅަން ނިންމައިފައިވާއިރު އެ ސަރަހައްދުގަައި މިހާރު ގިނަ ބަޔަކު ދަނީ ދިރިއުޅެމުންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *