ހޮރައިޒަން އިންޓަރނޭޝަނަލް އެކަޑަމީން ވޯކަލް ޓްރެއިނިންގ ޕްރޮގްރާމްއެއް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.
މި ޕްރޮގްރާމް ކުރިއަށްދާނީ މިމަހުގެ 16 އިން މާޗްމަހުގެ 30 ގެ ނިޔަލަށެވެ. މިއީ މި ޕްރޮގްރާމްގެ 3 ވަނަ ބެޗެވެ. މި ޕްރޮގްރާމް ކުރިއަށްދާނީ ކޮންމެ ހަފްތާއަކު 3 ގަޑިއިރަށެވެ. މި ޕްރޮގްރާމްގައި ކުދިން ޓްރެއިންގ ކޮށްދެއްވާނީ 25 އަހަރު މެދުނުކެނޑި މިދާއިރާއަށް ހިދުމަތްކޮށްދީފައިވާ އަދި މިހާރުވެސް ހިދުމަތް ކުރައްވަމުންގެންދަވާ ބޭފުޅެކެވެ. އެއީ އިސްކަންދަރު ސްކޫލުންނާއި ސްކޫލް ކުދިންގެ ލަވަ މުބާރާތުން މަޝްހޫރުވި ހުރިހާ ކުދިންގެ ގާތް އެކުވެރިޔާ ޝަފީގް ސަރއެވެ. އެ އެކަޑަމީން އެދެނީ ވީހާވެސް ގިނަ ކުދިން މި ޕްރޮގްރާމްގައި ބައިވެރިވުމެވެ. އަދި ބައިވެރިވާން ބޭނުންވާ ދަރިވަރުން ވައިބަރ މެދުވެރިކޮށްވެސް ބައިވެރި ވެވޭނެކަމަށް އެ އެކަޑަމީން ވަނީ މައުލޫމާތު ދީފައެވެ.
މީގެއިތުރުން އެ އެކަޑަމީގެ މެއިލްއަށް މެއިލްކޮށްގެންވެސް ބައިވެރި ވެވޭނެއެވެ. މި ޕްރޮގްރާމްގައި މަދަހާއި ލަވަ ކިޔުމުގެ ހުނަރާއި އަޑު ގެންގުޅެންޖެހޭނެ ގޮތްތަކުގެ މައުލޫމާތުގެ ސެޝަންތަކެއް ކުރިއަށް ގެންދެވޭނެއެވެ. ހަމައެއާއިއެކު މިއީ ލަވަ ކިއުމަށާއި މަދަހަ ކިއުމަށް ޝައުގު ހުންނަ ކުދިންނަށް ލިބިގެންދާނެ ރަނުގެ ފުރުސަތެއްކަމަށް އެ އެކަޑަމީން ބުނެއެވެ.
advertisment
ހިޔާލު