ތުރުކީގައި މިހާތަނަށް ކުރިއަށްގެންދާ އެންމެ ބޮޑު ސްކޮލަރޝިޕް ޕްރޮގްރާމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލައިފިއެވެ.
ޕްރެޒިޑެސެންސީ އޮފް ޓާރކްސް އެބްރޯޑް އެންޑް ރިލޭޓެޑް ކޮމިއުނިޓީން ކުރިއަށް ގެންދާ މި ޕްރޮގްރަމްއަކީ، ސަރުކާރުން ހުރިހާ ހަރަދެއް ކުރަން ނިންމާފައިވާ ސްކޮލަޝިޕް ފުރުސަތުތަކެކެވެ. މި ސްކޮލަޝިޕްގެ ފުރުސަތު ލިބޭ ދަރިވަރުންނަށް ބޭނުންކުރުމަށް ފައިސާގެ އިތުރުން ދިރާސާކުރުމުގެ ފުރުސަތާއި ތުރުކީއާއި ބެހޭ ގޮތުން އިތުރަށް ދަސްކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
މިއަހަރު މި ސްކޮލަރޝިޕްގެ ފުރުސަތުތަކަށް ކުރިމަތިލުމަށް ހުޅުވާލިއިރު، އަންނަ މަހުގެ 20 ގެ ކުރިން އޮންލައިން އެޕްލިކޭޝަން މެދުވެރިކޮށް ހުށަޅަން ޖެހެއެވެ. ޕްރެޑިސެންސީ އޮފް ޓާރކްސް އެބްރޯޑް އެންޑް ރިލޭޓެޑް ކޮމިއުނިޓީގެ ރައީސް އަބްދުﷲ އެރެން ވިދާޅުވި ގޮތުގައި 1990 ގައި ފެށި މި ޕްރޮގްރާމަށް ހީވެސް ނުކުރާފަދަ ޝައުގުވެރިކަމެއް ދަރިވަރުންގެ ފަރާތުން ލިބެމުންދެއެވެ. 2012 ވަނަ އަހަރު މި ޕްރޮގްރާމަށް 4200 އެޕްލިކޭޝަން ފޯމް ހުށަހަޅާފައިވާއިރު މިދިޔަ އަހަރު 178 ގައުމަކުން 165،500 އެޕްލިކޭޝަން ފޯމް ހުށަހަޅާފައިވެއެވެ. މިއަހަރުވެސް ރިކޯޑް އަދަދަކަށް ދަރިވަރުން ކުރިމަތިލާނެކަމުގެ އުންމީދު އޮތްކަމަށްވެސް އެރެންވަނީ ވިދާޅުވެފައެވެ. ކޮންމެ އަހަރަކުވެސް 5000 ސްކޮލަޝިޕްގެ ފުރުސަތު މި އިންސްޓިޓިއުންޓްއިން ދޭއިރު، ބެޗެލާސް ޑިގްރީ އަދި ޕީއެޗްޑީ ފެންވަރުގެ ކޯސް ކުރިއަށްގެންދެއެވެ. ހަމައެހެންމެ ކުރުމުއްދަތުގެ ކޯސްތައްވެސް ކުރިއަށްގެންދެއެވެ.
ދަރިވަރުންގެ ކިބައިން މި ޕްރޮގްރާމަށް ފާޅުކުރާ ޝައުގުވެރިކަން ފާހަގަ ކުރަމުން އެރެން ވިދާޅުވިގޮތުގައި ޓިއުޝަން ފީއާއި ހުރުމުގެ ޚަރަދު، ދެކޮޅުގެ ޓިކެޓް، ބޭސްފަރުވާ އަދި ތުރުކީ ބަސް ދަސްކުރުމުގެ އެއް އަހަރު ދުވަހުގެ ކޯހެއް ދަރިވަރުންނަށް ދިނުމަށްވަނީ ނިންމާފައިއެވެ.
" މިއީ ވާދަވެރި ސްކޮލަރޝިޕްއެއް. ސްކޮލަރޝިޕް ދިނުމުގައި ތައުލީމީ ގޮތުން، އަދި އިތުރު ހަރަކާތްތަކާއި އިޖްތިމާއީ ހުނަރުތައް ހުރި މިންވަރަށް ބެލޭނެ. ކޮންމެ ކޯހަކަށް ކުރިމަތި ލިކަމުގައިވިޔަސް މި ސްކޮލަރޝިޕް ލިބޭ ދަރިވަރުންނަށް ތުރުކީ ބަސް ދަސްކުރުމުގެ އެއް އަހަރު ދުވަހުގެ ކޯހެއް ހިލޭ ހިންގޭނެ. މި ކޯހުގެ ތެރޭގައި ތުރުކީގެ ސަގާފަތް ދަސްކޮށްދިނުމަށްޓަކައި އެކި ދަތުރުތަކަށް ދާނެ"
އެރެން ވިދާޅުވިއެވެ.
މި ސްކޮލަޝިޕްގެ ދަށުން 156 ގައުމަކުން 150،000 ދަރިވަރުން ދަސްވެނިވިފައިވާކަމަށްވެސް އެ އިންސްޓިޓިއުޓުން ބުނެއެވެ.
advertisment
ހިޔާލު