ފުއައްމުލަކު ސިޓީގައި ހަދާ އައިސީޓީ ފެސިލިޓީގެ ކުރެހުމާއި ބީއޯކިއު ތައްޔާރުކުރަން ރިޔަން ޕްރައިވެޓް ލިމިޓެޑްއާއި ހަވާލުކޮށްފިއެވެ.
އެމްއެންޔޫގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ޔުނިވާސިޓީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޑެޕިއުޓީ ވައިސް ޗާންސެލަރު ހުސެން ހަލީމެވެ. މި ފެސިލިޓީ އިމާރާތްކުރާނެ ބިން ފުވައްމުލަކު ސިޓީ ކައިންސިލުން ވަނީ އެމްއެންޔޫއާ ހަވާލުކޮށްފައެވެ. އެއީ 35،000 އަކަ ފޫޓުގެ މި ބިމަކީ އެރަށުގެ އުލާ ޕްރީސްކޫލު ހުރި ބިމެވެ. މިބިމުގއި ހަ މަސް ދުވަހުގެ ތެރޭގައި މި ފެސިލިޓީ ގާއިމް ކުރުމުގެ އަމަލީ މަސައްކަތް ފަށަން ޖެހެވެ.
ފުއައްމުލަކު ސިޓީގައި އެމްއެންޔޫގެ އައިސީޓީގެ ފެކަލްޓީއެއް ގާއިމްކުރުމަށް ވާހަކަ ދެކެވެމުން އަންނަތާ މިހާރު މިވަނީ އަހަރަކަށްވުރެ ގިނަ ދުވަސް ވެފައެވެ. ހަމައެއާއިއެކު ފުއައްމުލަކު ސިޓީ ކައުންސިލުން ދެކޭ ގޮތުގައި މި ބިނާއަކީ ފުއައްމުލަކުގެ ތަރައްގީއަށް ނުހަނު މުހިއްމު ބިނާއަކަށް ވެގެންދާނެއެވެ.
ފުވައްމުލަކު ސިޓީގެ މޭޔަރު އިސްމާއިލް ރަފީގު ވިދާޅުވީ މި ބިނާގެ ސަބަބުން ފުވައްމުލަކުގެ އައިސީޓީ އިންޑަސްޓްރީއަށް ބޮޑެތި ކުރިއެރުންތަކެއް އަންނާނެ ކަމަށެވެ. އަދި އައިސީޓީ ދާއިރާއިން ކިޔަވައިދޭން ފެށުމާއި، މީހުން ތަމްރީން ކުރުމުގެ މަސައްކަތް ފެށިގެން ދިއުމަކީ މި ބިނާގެ މުހިއްމުކަން ފެނިގެންދާނެ ކަމަށެވެ.
advertisment
ހިޔާލު