ޅައިމަގާއި އއ. އަތޮޅު ތައުލީމީ މަރުކަޒުގައި އަށް ކުލާސްރޫމާއި ހޯލެއް އަޅަން ޔެސް މޯލްޑިވްސްއާ ހަވާލުކޮށްފިއެވެ.
އެޑިއުކޭޝަންގެ ފަރާތުން މި މަސައްކަތް ހަވާލުކުރީ ޔެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. މިއަދު ވަނީ މިކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ފަރާތުން މި އެއްބަސްވުމުގައި މިނިސްޓަރ އާއިޝަތު އަލީ ސޮއިކުރެއްވިއިރު ޔެސް މޯލްޑިވްސް ޕްރައިވެޓްގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު އަލީ އަހްލަމް ރުޝްދީއެވެ.

އެޑިއުކޭޝަން މިނިސްޓްރީއިން މައުލޫމާތު ދިންގޮތުގައި، ޅައިމަގު ސްކޫލުގައި އަށް ކްލާސް ރޫމާއި އަދި މަލްޓިޕަރޕަސް ހޯލްއެއް މި ދެ ސްކޫލްގައިވެސް އިމާރާތް ކުރުމަށްވަނީ ނިންމާފައެވެ. އެކުންފުނިން ށ. ޅައިމަގު ސްކޫލުގެ މަސައްކަތަށް ހުށަހެޅީ ސޯޅަ މިލިއަން ރުފިޔާއެވެ. އ.އ އަތޮޅު ތައުލީމީ މަރުކަޒުގެ މަސައްކަތަށް ހުށައަޅާފައިވާ އަގަކީ އެކާވީސް މިލިއަން ރުފިޔާއެވެ.
އެއް ދަންފަޅިއަށް ސްކޫލްތައް ބަދަލުކުރުމަށް ސަރުކާރުން ދަނީ ސްކޫލްތަކަށް އުމްރާނީ ގޮތުން ބޮޑެތި ބަދަލުތަކެއް ގެންނަމުންނެވެ.
advertisment
ހިޔާލު