ވިލިޖޯލިން "ކުދިން ކުދިން"ގެ ނަމުގައި ވާހަކަތަކެއް ގެނެސްދެނީ

ވިލިޖޯލިން ދިވެހި ފޮޓޯ ވާހަކަފޮތްތަށް ކުދިންނަށް ގެންސްދޭ "ކުދިން ކުދިން" ޕްރޮޖެކްްޓް ލޯންޗުކޮށްފިއެވެ.

މި ޕްރޮޖެކްޓް ވިލިޖޯލިން ލޯންޗްކުރީ، ކޮވިޑް 19 ގެ ސަބަބުން ދިރުއުޅުމުގެ ޢާންމު ޙާލަތަށް އައިސްފައިވާއިރު، ކުޑަކުދިންނަށް މިކަމުގެ ސަބަބުން ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށް ކޮށްފާނެ ނޭދެވޭ އަސަރުތަކުން އެކުދިން ރައްކާތެރި ކުރުމުގެ ގޮތުންނެވެ. ވިލިޖޯލީގެ މި ޕްރޮޖެކްޓްގެ ދަށުން "ކުދިން ކުދިން" ނަމުގައި ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށް މަގުފަހިކޮށްދޭނެހެން ދިވެހި ވާހަަކަ ފޮތްތަކެއް ވެބްސައިޓް މެދުވެރިކޮށް އެއްތަނަކުން ގެެނެސްދޭނެއެވެ. މިައީ ވާހަކަ ކިޔުމަށް ޝައުޤުވެރިވާ ކުދިންނަށް ދެވޭ ހަދިޔާއެއް ކަމަށް ވިލިޖޯލިން ބުނެއެވެ.

އޮސްޓްރޭލިޔާ އެވޯޑްސް ސްމޯލް ގްރޭންޓް ސްކީމްގެ ދަށުން ވިލިޖޯލިން މި ޕްރޮޖެކްޓް ކުރިއަށް ގެންދަނީ، ކުދިންނަށް ދިމާވާ އެކި ކަންތައްތަކާއި ކުރެވޭ ތަފާތު އިޙްސާސްތައް ބަލައިގަތުމަށް ވާހަކައިގެ ތެރެއިން އެކުދިންނަށް އެހީތެރިކަން ފޯރުކޮށް ދިނުމުގެ ގޮތުންނެވެ.

ވާހަކަ ކިޔުމުގެ ސަބަބުން ކުދިންގެ އުނގެނުމަށާއި ވިސްނުމަށް ލިބޭ ކުރިއެރުމުގެ އިތުރުން މައިންބަފައިންނާއި ޢާއިލާ އެހެން މެންބަރުން ފޮތްކިޔާދީ،  އަޑުއެހުމުގައި ޝާމިލްވުމަކީ ގުޅުން ބަދަހިވެ އުފާވެރިކަމާއި ހިތްހަމަޖެހުން އިޙްސާސް ކުރެވޭނެ ކަމެއްކަމުގައި ވިލިޖޯލިން ދެކެެއެވެ.

"ކުދިން ކުދިން" ޕްރޮޖެކްޓް ދިވެހި ފޮޓޯ ވާހަކަފޮތްތަށް ފޮޓޯ:- ވިލިޖޯލި

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

މި ދިވެހި، ފޮޓޯ ވާހަކަ ފޮތްތައް ވެބްސައިޓް ގައި ގެނެސްދީފައި ވަނީ ކުދިން ޝަޢުޤުވެރިވާ ކުރެހުންތަކާއެކު ކިޔާލަން ފަސޭހަ ގޮތަކަށެވެ. ވެބްސައިޓްގައި ހުރި ފޮތްތަކެއް ކަމުގައި ވިޔަސް ފޮތްތައް ފަރުމާކޮށްފައި ވަނީ ފަސޭހައިން ވަކިވަކި ސަފްޙާތައް ކިޔާލެވޭ ގޮތަށެވެ. ވެބްސައިޓްގައި ހިމަނާފައިވާ ފޮތްތަކުގެ މައުޟޫއުތައް ނަގާފައި ވަނީ ބެލެނިވެރިންގެ މެދުގައި ދައުރުކުރެވުނު ސާރވޭއެއްގެ ނަތީޖާއަށް ބެލުމަށްފަހު ކަމަށް ވިލިޖޯލީގެ ވެބްސައިޓްގައި ބުނެފައިވެއެވެ.

ވިލިޖޯންޔަކީ މޯލްޑިވްސް ރެޑް ކްރެސެންޓުގެ ވިލިމާލެ ޔުނިޓެވެ. 2016 ގެ އޯގަސްޓް މަހު ވުޖޫދުވި ވިލިޖޯލި، ހީވާގިކަމާއެކު ހިލޭސާބަހަށް ތަފާތު މަސައްކަތްތަށް ދަނީ ކުރަމުންނެވެ. ވިލިޖޯލީގެ އަމާޒަކީ ކުޅެދުންތެރިކަމާއި ނުކުޅެދުންތެރިކަމަށް ތަފާތުކުރުމެއް ނެތި އޯގާތެރިކަމާއެކު، ގޮންޖެހުންތަކުން އަވަހަށް އަަރައިގަތުމަށްޓަކައި އެކުގައި މަސައްކަތްކުރާ ޝާމިލް މުޖްތަމަޢު އެއް ވިލިމާލޭގައި ބިނާކުރުމެވެ.

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *