ތުރުކީއަށް ކިޔަވަންދާ ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދެނީ

އުދެފް އާއެކު އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން:ފޮޓޯ/ އައިއޭސީ

މަތީ ތަޢުލީމަށް ތުރުކީއަށް ދާ ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ އެއްބަސްވުމެއްގައި އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އާއި އުދެފްއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ތުރުކީއަށް މަތީ ތައުލީމް ހާސިލް ކުރުމަށް ދަތުރުކުރާ ކުދީންނަށް އެހީވެދިނުމަށް މަސައްކަތްކުރާ ފެރެޑޭޝަންއެއްކަމަށްވާ "އުދެފް" އާއި ދެމެދު ވެވުނު މި އެއްބަސްވުމުގެ ދަށުން  ތުރުކީ ސަރުކާރުގެ ސްކޮލަޝިޕް އަދި އަމިއްލަ ޔުނިވަރސިޓީތަކުން ސްކޮލަރޝިޕްތަކަށް އެދުމަށް ލުއިތަކެއް ލިބިގެންދާނެކަމަށް އައިއޭސީއިން ވަނީ ބުނެފައެވެ. އަދި އައިއޭސީއިން ބުނެފައިވާ ގޮތުގައި، އުދެފްގެ އިރުޝަދާއެކު ގިނަ ކުދީންނަށް މިފަދަ ފުރުސަތުތައް ފަސޭހަކަމާއެކު މަގުފަހިވެގެންދާނެއެވެ.

މި ދަތުރުގައި އައިއޭސީ އާއެކު ދަތުރުކުރި ހުސެން ޒަޔާންއަކީ، މި އެބަސްވުމުގެ ދަށުން ފުރަތަމަ ތުރުކީއަށް ދަތުރުކުރި ދިވެހި ދަރިވަރެވެ. ޒަޔާންއަށް ތުރުކީގައި ދިމާވާ ދަތިތަކުގައި އުދެފްގެ އެހީތެރިކަން ލިބޭނެކަމުގައި އައިއޭސީއިންވަނީ ހާމަކޮށްފައެވެ.

އުދެފް އާއެކު އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން:ފޮޓޯ/ އައިއޭސީ

" ތައުލީމާއި ތަރުބިއްޔަތަކީ، ހެޔޮލަފާ ރަނގަޅު މުޖްތަމައުއެއް ބިނާކުރެވުމުގެ މައިގަނޑު ތަބެވެ. ރަނގަޅު އުންމަތެއް ބިނާ ކުރުމުގެ ބޮޑު ދައުރެއް އަދާކުރާނެ ބަޔަކީ، އަދުގެ ޒުވާނުންނެވެ. އައިއޭސީގެ ގިނަގުނަ މަސައްކަތުގެ ތެރެއިން ތައުލީމަކީ އެބޭފުޅުން ނުހަނު ބޮޑު އަހަމިއްޔަތުކަމެއްދޭ އެއްކަމެވެ. އެގޮތުން މި އެއްބަސްވުމަކީ އައިއޭސީގެ އިތުރުން އެތަށް ބަޔެއްގެ ހުވަފެނުގައި ހަގީގީ ކުލަ ޖެހިގެންދާނެ ކަމެއް. އަޅުގަނޑުމެންގެ އުންމީދަކީ ދިވެހިރާއްޖެއިން ގިނަ ޒުވާނުންތަކަކަށް މިފުރުސަތު ލިބި، މި ހުވެފުނުގައި އެކީއެކަށް ޙަޤީޤީ ކުލަ ޖެހި، އެޒުވާނުންގެ ޒަރިއްޔާއިން ރަނގަޅު ހެޔޮ ޖީލުތަކެއް ބިނާވެގެން ދިއުން" އައިއޭސީ އިން ބުނެފައިވެއެވެ.

 

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *