ކްލައިމެޓް ޗޭންޖަށް ޒުވާނުން ތަމްރީންކުރުން

އެޓޯލް ފޯ ޔޫތް ކްލައިމެޓް ލީޑާރސް :- ފޮޓޯ :މިނިސްޓްރީ އޮފް އެންވެރޮންމެންޓް، ކްލައިމްޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ

ކްލައިމެޓް ޗޭންޖް ނުވަތަ މޫސުމަށް އަންނަ ބަދަލުތަކަށް ޒުވާން ލީޑަރުން ތަމްރީންކުރުމަށް ނިންމައިފިއެވެ. މަޤާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތުވެސް ވަނީ ހުޅުވާލާފައެވެ.

އޭޝިއަން ޑިވެލޮޕްމަންޓް ބޭންކްގެ ފަރާތުން ކުރިއަށް ގެންދާ "އޭޑީބީ ޔޫތު ފޯ އޭޝިއާ" ގެ ދަށުން ޒުވާން ލީޑަރުން ތަމްރީނު ކުރަން ނިންމާފައި ވަނީ ރާއްޖެއާއެކު އިތުރު ޖަޒީރާ ތިން ގައުމަކުންނެވެ. އެއީ މާޝަލް އައިލެންޑްސް އާއި ކިރިބަތީ އަދި ތުވާލޫއިން އެވެ.

ކޮންމެ ގައުމަކުން 15 "އެޓޯލް ޔޫތު ކްލައިމެޓް ލީޑަރުން" ހޮވާނެ އެވެ. މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 31 އަށް ހަމަވާއިރު 18 އަހަރާއި 30 އަހަރާ ދެމެދުގެ އުމުރުގެ މީހުންނަށް ބޮޑަށް އަމާޒުކުރެއެވެ.

މި ޕްރޮޖެކްޓްގެ ދަށުން 4 ޓްރެއިނިންގ ސީރީސްއެއް ބައިވެރިން ފުރިހަމަކުރާނެއެވެ. މި ތަމްރީން ނިންމާ ބައިވެރިންނަށް ތަމްރީން ފުރިހަމަކުރިކަމުގެ ސެޓްފިކެޓް "އޭޑީބީ ޔޫތު ފޯ އޭޝިއާ" ގެ ފަރާތުން ދޭނެއެވެ.

ދިވެހިރާއްޖެއަކީ މޫސުމަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ބޮޑެތި އަސަރުތަކެއް ކުރަމުންދާ ޖަޒީރާ ޤައުމެކެވެ. މި ތަމްރީން ޕްރޮގްރާމްގެ މަޤަސަދަކީ މޫސުމަށް އަންނަމުންދާ ބަދަލުތައް ކުޑަކުރުމުގައި ޒުވާނުން ބާރުވެރިކޮށް ނަމޫނާ ދެއްކުމެވެ.

މި ތަމްރީންގައި ބައިވެރިވުމަށް  https://adbyouthforasia.typeform.com/to/ZVH9lNmP މި ލިންކުން ފޯމް ފުރާލެވޭނެއެވެ.

   

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *