އެޑިއުކޭޝަނަލް ލީޑަރސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އެކްސްކޯ (އީލާމް)، ހޮވައިފި. އެކްސްކޯ ހޮވާފައިވަނީ ހިންގާ ކޮމިޓީ އިންތިޙާބްކުރުމަށް މިދިޔަ ހަފްތާގައި ބޭއްވި އާއްމު ޖަލްސާގައެވެ. މި ޖަލްސާ ބާއްވާފައިވަަނީ އޮންލައިންކޮށެވެ.
ގޫގުލް ފޯމް ފުރިހަމަކޮށް ހުށަހަޅާފައިވާ މެމްބަރުންގެ މެދުގައި ކުރިއަށް އޮތް ދައުރުގެ ހިންގާ ކޮމިޓީއަށް އިންތިޙާބްކުރުމަށްޓަކައި ނަގައިފައިވަނީ ސިއްރު ވޯޓެކެވެ. ވޯޓް ދިނުމުގެ ޙައްޤު، ޖަމްޢިއްޔާގެ ކޮންމެ މެމްބަރަކަށްވެސް ލިބިފައިވާކަމަށް އީލާމް އިން ބުނެއެވެ.
ހިންގާ ކޮމިޓީއަށް އިންތިޙާބްކޮށްފައިވާ މަޤަމްތަކަކީ ރައީސް، 2 ނައިބް ރައީސް ،ޖެނެރަލް ސެކްރެޓަރީ، ފައިނޭންސް ސެކްރެޓަރީ، މީޑިއާ ސެކްރެޓަރީ، އެޑިޝަނަލް ސެކްރެޓަރީއެވެ.
މި މަޤާމްތަކަށް ހޮވިފައިވަނީ:
ތޯހާ ސަލީމް – ރައީސް
ޝަކީބާ އަލީ – ނައިބް ރައީސް
ފަޒްނާ ޔޫސުފް ފާރިޤް – ނައިބް ރައީސް
ޝީޒާ އަލީ – ޖެނެރަލް ސެކްރެޓަރީ
އަޙްމަދް މިހާދް – ފައިނެންސް ސެކްރެޓަރީ
މުޙައްމަދް އަސްލަމް – މީޑިއާ ސެކްރެޓަރީ
މި މަޤާމްތަކަށް ހޮވިފައިވާ ބޭފުޅުންނަކީ ޢިލްމީ ޤާބިލްކަމާއި ތަޖްރިބާ ލިބިވަޑައިގެންފައިވާ ބޭފުޅުންނެވެ. އެގޮތުން ގިނަ ބޭފުޅުންނަކީ ގިނަ އަހުރުތަކެއް ވަންދެން ޕްރިންސިޕަލްއެއް ނުވަތަ ޑެޕިޔްޓީ ޕްރިންސިޕަލްއެއްގެ މަޤާމް އަދާކުރައްވާފައިވާ ބޭފުޅަކަށްވާއިރު ބައެއް ބޭފުޅުންނަކީ މި މަޤާމް ސްކޫލްތަކުގައި އަދާކުރައްވަމުންދާ ބޭފުޅުންނެވެ. އަދި ޕްރިންސިޕަލްކަމުގެ އިތުރުން ތަޢްލީމީ ދާއިރާގެ އެތައް މަޤާމްތަކެއް ފުރުއްވާފައިވާ ބޭފުޅުންވެސް ހިމެނެއެވެ.
އީލާމްގެ ހިންގާ ކޮމިޓީ އިންތިޙާބް ކުރުމުގެ އިތުރުން އަސާސީ ޤަވާއިދުތަކަށް އިސްލާހްތަކެއް، ބައްދަލުވުމުގައި ގެނެސްފައިވެއެވެ.
އެޑިއުކޭޝަނަލް ލީޑަރސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އީލާމް) އަކީ 2014 ވަނަ އަހަރު ކުރީގެ "ޕްރިންސިޕަލްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް" ގެ ގޮތުގައި ރަޖިސްޓްރީކޮށްގެން ތަޢުލީމީ މުޢައްސަސާތަކުގެ އެންމެ އިސްވެރިން ހިންގަމުންދާ ޖަމިއްޔާއެކެވެ. އީލާމަށް ނަން ބަދަލުކޮށްފައިވަނީ މިދިޔަ އަހަރެވެ.
އަލަށް ހޮވިވަޑައިގެންނެވި އީލާމްގެ އެގްޒެކެޓިވް ކޮމިޓީގެ ދައުރު ދެމިއޮންނާނީ 2024 ވަނަ އަހަރާ ހަމައަށެވެ.
އެޑިއުކޭޝަނަލް ލީޑަރސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އީލާމް) އަކީ ލީޑަރުންގެ ނެޓްވަރކްއެެއް އުފެއްދުމަށްޓަކައި މަސައްކަތްކުރަމުންދާ އެން.ޖީ.އޯ އެކެވެ.
advertisment
ހިޔާލު