ޕްރީސްކޫލުގެ ޓީޗަރުންނަށް ޚާއްސަ އަދަބީ ކޯހެއް ފަށަން ތައްޔާރުވެއްޖެއެވެ.
ދިވެހި ބަހުގެ އެކަޑަމީގެ ކުރީގެ ރައީސް އަދި ހުނަރުވެރި ތަޖުރިބާކާރު މުދައްރިސް އަޝްރަފް އަލީ ހުޅުވާލެއްވި މި ފުރުސަތަކީ ދިވެހި އަދަބިއްޔާތަށް ޝައުގުވެރިވާ ކޮންމެ މީހަކަށް ވެސް ބައިވެރިވެވޭނެ ފުރުސަތެކެވެ.
މި މަހު 15 އިން ފެބްރުއަރީ މަހު 5 އަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ކޯހުގައި ބަހުގެ ގަވާއިދާއި ހަމަތައް، ރީތި އިސްތިއުމާލު، ކުޑަކުދީންގެ ވާހަކަ، ލަފުޒާއި ޖުުމްލަ، މާހައުލުގެ ތަކެތިން ކިޔަވައިދޭން ބޭނުންކުރާނެ ގޮތް އަދި ތުއްތު ކުދިންނަށް ބަސް ކިޔަވައިދިނުމުގެ ޝައުގުވެރި އުކުޅުތައް އަޝްރަފް އަލީގެ ތަޖުރިބާގެ އަލީގައި ހިއްސާކުރާނެއެވެ.
ޕްރީސްކޫލުގެ ޓީޗަރުންނަށް ވަކީން ހާއްސަކޮށްގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ކޯހުގައި ބައިވެރި ވުމުގެ އެންމެ ފަހުގެ ތާރީހަކީ ޖަނަވަރީ މަހުގެ 10 ބަނަ ދުވަހުއެވެ. އަލަށް ފަށާ މި ކޯސް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ ޒޫމް އެޕްލިކޭޝަން މެދުވެރިކޮށެވެ. ދިވެހި އަދަބިއްޔާތާއި ކިޔަވައިދިނުމުގައި އިތުރު ހަރުފަތަކަށް ދާން ބޭނުންވާ ފަރާތްތަކަށް މިއީ ރަނުގެ ފުރުސަތެކެވެ.
މި ކޯހާ ބެހޭ މައުލޫމާތު ހޯދަން ގުޅާނެ ނަމްބަރަކީ 7996943 އެވެ.
advertisment
ހިޔާލު