އިންޑިއާގެ ކަރްނާޓަކާގެ އެޑިއުކޭޝަން މިނިސްޓަރ ބީސީ ނަގޭޝް ކޮވިޑަށް ފައްސި ވެއްޖެއެވެ. އެކަން ހާމަކޮށް އޭނާ ވަނީ ޓްވީޓްކުރައްވާފައެވެ. އަދި އޭނާއާއި ދިމާވި މީހުން ޓެސްޓްހެދުމަށްވަނީ އެދިފައެވެ.
ބީސީ ނަގޭޝް ކޮވިޑަށް ފައްސިވިކަން އެނގުމާއެކު އެ އަވަށު ސްކޫލްގެ ބެލެނިވެރީންވަނީ ސްކޫލްގެ ކިޔެވުން ބަންދުކުރުމަށް ގޮވާލާފައެވެ. ދަރިވަރުންގެ ރައްކާތެރިކަމަށްޓަކައި ކްލާސްތައް އޮންލައިންކޮށް ގެންދިއުމަށްވެސް ދަނީ ޑިމާންޑް ކުރަމުންނެވެ. ކޮވިޑްގެ ކޭސްތައް އިތުރުވަމުންދާކަމުގެ ކަންބޮޑުވުން ފާޅުކުރަމުން އެ އަވަށު ބެލެނިވެރީން ބުނީ ބަހުގައި ދަރިވަރުން ސްކޫލަށްދާއިރު މިކަމާމެދު ސަރުކާރުންވެސް ކަންބޮޑުވާންޖެހޭނެ ކަމުގައެވެ.
ބައެއް ކުދީން ކޮވިޑްގެ އަލާމަތްތަކާއެކު ސްކޫލަށް ދާކަމަށްބުނެ، ދަރިވަރުންވަނީ ސްކޫލަށް ދިޔުމަކީ ބިރުވެރިކަމެއްކަމަށް ބުނެފައެވެ.
ކަރްނާޓަކާގެ ކޮވިޑް ކޭސްތައް ފާއިތުވި ހަފްތާތެރޭގައި ވަނީ އިތުރުވެފައެވެ. މިދިޔަ އާދިއްތަ ދުވަހު އެކަނިވެސް އެ އަވަށުން 1180 އަށްވުރެ ގިނަ މީހުންވަނީ ކޮވިޑަށް ފައްސިވެފައެވެ.
advertisment
ހިޔާލު