އަރަބިއްޔާ ސްކޫލްގެ ސްކައުޓުން ފަސްޓް އެއިޑް ކޯހެއް ފުރިހަމަކޮށްފި

އަރަބިއްޔާ ސްކޫލް ސްކައުޓުންނަށް އަމާޒުކޮށްގެން ފަސްޓް އެއިޑް ކޯހެއް ހިންގައިފިއެވެ.

މިއީ އަރަބިއްޔާ ސްކައުޓް ގުރޫޕުން އިސްނަގައިގެން ހިންގި ތަމްރީނު ކޯހެކެވެ. މި ކޯހުގައި ކިޔަވައިދެއްވީ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ މެޑިކަލް 2 ތަޖުރިބާ ކާރުންނެވެ. މިކޯހުގައި ކިޔަވައި ދެވުނު ބައިތަކުގެ ތެރޭގައި ފަސްޓް އެއިޑްގެ ތައާރަފްއާއި، އާއްމު ދިރިއުޅުމުގައި އާއްމުކޮށް ދިމާވާ ފުރަތަމަ އެހީ ބޭނުންވާ ކުއްލި ސިއްހީ މައްސަލަތަކާއި އެކަންކަމުގެ ހާލަތުގައި އަމަލު ކުރަންޖެހޭނެގޮތުގެ ތިއަރީ ކްލާސްތަކާއި، އަމަލީ ތަމްރީނުތަކެވެ. މި ކޯހުގައި އަރަބިއްޔާ ސްކައުޓް ގްރޫޕުގެ ސްކައުޓުންގެ ތެރެއިން ސްކައުޓް ސްޓޭޑަންޑް ލެވެލް 26 ސްކައުޓުން ބައިވެރިވެ ތަމްރީނުތައް ފުރިހަމަކޮށްފައި ވެއެވެ.

ފަސްޓްއެއިޑް ކޯހުގެ ތެރެއިން. ފޮޓޯ : އަރަބިއްޔާ ސްކޫލު

ފަސްޓް އެއިޑް ކޯސް ނިންމި ބައިވެރިންނަށް ވަނީ އެކަމުގެ ހަނދާނީ ލިޔުންވެސް ދީފައެވެ. އަރަބިއްޔާ ސްކައުޓް ގްރޫޕުން އެމްއެންޑީއެފްގެ އެހީތެރިކަމުގައި 2018 ވަނަ އަހަރުވެސް މިފަދަ ކޯހެއް ހިންގާފައިވެއެވެ. ސްކައުޓް ހަރަކާތްތަކުގައި އެކިއެކި މަރުހަލާތައް ފުރިހަމަ ކުރަންޖެހެއެވެ.

ކިޔަވައިދެއްވި ތަޖުރިބާކާރުންނާއި އަރަބިއްޔާ ސްކޫލް ސްކައުޓްގެ ބައެއް އިސްވެރިން. ފޮޓޯ: އަރަބިއްޔާ ސްކޫލު

ސްކައުޓް ސްޓޫޑަންޓް މަރުހަލާއާއި، އެޑްވާންސް ސްކައުޓް ސްޓޭންޑަންޓް މަރްހަލާ ފުރިހަމަކުރާއިރު، ފަސްޓް އެއިޑްގެ އަސާސީ ވަރަށް ގިނަ ބައިތަކެއް ދަސްކުރަން ޖެހޭއިރު، ވަކި ފެންވަރަކަށް ފަސްޓްއެއިޑް ދަސްކުރުމުން އުމުރުން 15 އަހަރުން ދަށް އަދި 15 އަހަރުން މަތީގެ ސްކައުޓުންނަށް ހާއްސަ 2 ބެޖެއް ހާސިލް ކުރެވޭ ގޮތަށް ބެޖް ސިލަބަހުގައި ވަނީ ކަނޑައަޅާފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *