ޖެނުއަރީ 2022ގެ އިންޓޭކަށް ވިލާ ކޮލެޖުން އަލަށް ޓީޗިންގ ޕްރޮގްރާމްތަކެއް ތަޢާރަފްކޮށްފި

ވިލާ ކޮލެޖުން ޓީޗިންގެ ޕްރޮގްރާމް ތަޢާރަފްކުރުން :– ފޮޓޯ : ވިލާ ކޮލެޖް

މި އަހަރުގެ އިންޓޭކަށް ވިލާ ކޮލެޖުން އަލަށް ޓީޗިންގ ޕްރޮގްރާމްތަކެއް ތަޢާރަފްކޮށްފިއެވެ. އަލަށް ތަޢާރަފްކުރެވުނު ޕްރޮގްރާމްތަކަކީ  ޑިގްރީއަށް ކިޔަވައިދޭ 3 ޕްރޮގްރާމެކެވެ.  އެ ޕްރޮގްރާމްތަކަކީ:

ބެޗެލަރ އޮފް ޓީޗިން އިން ކެމިސްޓްރީ އެންޑް ފިޒިކްސް

ބެޗެލަރ އޮފް ޓީޗިން އިން ކެމިސްޓްރީ އެންޑް ބަޔޮލޮޖީ

ބެޗެލަރ އޮފް ޓީޗިން އިން ފިޒިކްސް އެންޑް ބަޔޮލޮޖީ

މި ޑިގްރީ ޕްރޮގްރާމްތައް ތަޢާރަފްކޮށްދީފައިވަނީ މިނިސްޓަރ އޮފް ސްޓޭޓް ފޯ އެޑިއުކޭޝަން، އައިޝަތް އާތިޔާ ނަސީރެވެ. ސްޓޭޓް މިނިސްޓަރގެ ވާހަކަފުޅުގައި ދިވެހިން މުދައްރިސުންގެ ގޮތުގައި ތަމްރީންވުމަކީ ތަޢްލީމީ ދާއިރާއަށް ވަރަށް މުހިއްމު ކަމެއްކަމަށާއި އަދި ރާއްޖޭގައި ދިވެހި މުދައްރިސުންގެ ނިސްބަތް އިތުރުކުރުމަށް މި ޕްރޮގްރާމްތަކުގެ މުހިއްމުކަން ފާހަގަކުރެއްވިއެވެ.

ވިލާ ކޮލެޖްގެ ވައިސް ރެކްޓަރ، ޑރ. އަލީ ނަޖީބް ވިދާޅުވީ ވިލާ ކޮލެޖުން ދަރިވަރުންގެ ހުނަރުތަށް ތަރައްގީ ކުރުމަށް ފުރުސަތުތަށް ފަހިކޮށްދޭނެކަމަށެވެ.

މި ފެށޭ އިންޓޭކްއާއެކު ތަފާތު މާއްދާތަކުގެ ޖުމްލަ 10 ޓީޗިންގެ ޕްރޮގްރާމް ވިލާ ކޮލެޖްގައި ކުރިއަށްގެންދާނެކަމަށެވެ. މީގެ އިތުރަށް ސެޓްފިކްޓް ލެވެލްގެ ކޯސްތަކުން ފެށިގެން މާސްޓަރސްއާ ހަމައަށް އެކި ދާއިރާތަކުން  117 ކޯހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލެވިފައިވާއިރު އަތޮޅުތަކުގައި ހުރި ވިލާ ކޮލެޖްގެ ކެމްޕަސްތަކުންވެސް މި ޕްރޮގްރާމްތަކުގައި ކިޔެވޭނެއެވެ.

ވިލާ ކޮލެޖްގެ އަމިއްލަ ޕްރޮގްރާމްތަކުގެ އިތުރުން ،އިނގިރޭސިވިލާތުގެ މަޝްހޫރު ޔުނިވަރސިޓީތަކުންވެސް ޑިގްރީ އަދި މާސްޓާރސް ހެދުމުގެ ފުރުޞަތު އެ ކޮލެޖުން ދަނީ ފަހިކޮށްދެމުންނެވެ.

2022 ޖެނުއަރީ އިންޓޭކް 2022 ގެ ކޯސްތަކަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފައިވާއިރު ކޯސްތަކަށް ކުރިމަތިލެވޭނެ އެންމެ ފަހު ތާރީޙަކީ 16 ޖެނުއަރީއެވެ. މުއްދަތު އިތުރުކޮށްފައިވަނީ ގިނަ ދަރިވަރުންނަށް ކުރިމަތިލުމުގެ ފުރުޞަތު ދިނުމަށްކަމަށް ވިލާ ކޮލެޖުން ބުނެފައިވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *