އެޑިއުކޭޝަން މިނިސްޓްރީން ގއ. ކައުންސިލާއި ބައްދަލުކުރައްވައިފި

ބައްދަލުވުމުގެ ތެރެއިން. ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ 

އެޑިއުކޭޝަން މިނިސްޓްރީން ގއ. ކައުންސިލާއި ބައްދަލުކުރައްވައިފިއެވެ. ގއ. ކައުންސިލްގެ ރައީސް ވިޝާލް މުހައްމަދު ވިދާޅުވީ މި ބައްދަލުވުމުގައި އެ ރަށު ސްކޫލަށް ވި ވަގުތު ދިމާވެފަހުރި މައްސަލަތައް ހިއްސާކޮށްފައިވާނެ ކަމަށެވެ.

ބައްދަލުވުމުގެ ތެރެއިން. ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

އެޑިޔުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ ބައިވެރިވެ ވަޑައިގެންނެވި މި ބައްދަލުވުމުގައި ބޯފެނުގެ މައްސަލަ، ލެބޯރެޓަރީ، ލައިބްރަރީ، ސެކިޔުރިޓީ އަދި އަލިފާން ރޯވެއްޖެނަމަ ހުންނަންޖެހޭ ސަލާމަތީކަންކަން އެސްކޫލްގައި ނެތުމުގެ ކަންބޮޑުވުން ވަނީ ހިއްސާކޮށްފައެވެ. މީގެ އިތުރުން އެސްކޫލްގައި 12 ކުލާސް ރޫމް އެޅުމުގެ މަޝްވަރާވެސް ވަނީ ކޮށްފައެވެ.
މި ބައްދަލުވުމުގައި އެ ސްކޫލް ލެބްއަށް އިތުރު ކެމިކަލް ހޯދުމާއި، ލައިބްރަރީއަށް އިތުރު ފޮތްތައް ހޯދުމާއި މަރާމާތުކުރުމަށް އެ ކައުންސިލުންވަނީ އެދިފައެވެ. އަދި މި ވަގުތަށް އެންމެ މުހިންމުކަމެއްގެ ގޮތުގައި އެކައުންސިލުން ފާހަގަ ކުރީ ދަރިވަރުންނަށް ބޯފެން ލިބުމުގެ އިންތިޒާމެއް ސްކޫލްގައި ހަމަޖެހިފައި ނެތުމެވެ.

ބައްދަލުވުމުގެ ތެރެއިން، ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

ކައުންސިލްގެ ރައީސް ވިޝާލް މުހައްމަދު ވިދާޅުވީ، އެ ބައްދަލުވުމުގައި ފާހަގަކުރި މައްސަލަތަކަށް ވީ އެންމެ އަވަހަށް ހައްލު ހޯއްދަވައިދެއްވާނެކަމުގެ ޔަޤީންކަން އެޑިއުކޭޝަން މިނިސްޓްރީން ދެއްވިކަމަށެވެ. ޚާއްސަކޮށް އަންނަ ޓާމް ފެށެންވާއިރަށް ބޯފެނުގެ މައްސަލަ ހައްލުވާނެކަމަށް އެ މިނިސްޓްރީން ބުނެފައިވާކަމަށް ވިދާޅުވިއެވެ. އަދި ސަރުކާރުން ތަޢުލީމާއި ތަރުބިއްޔަތަށް ދެއްވާ އަހަންމިއްޔަތުކަން ފާހަގަކުރައްވާ ވަނީ ޝުކުރު އަދާކުރައްވާފައެވެ. ހަމައެހެންމެ މި ބައްދަލުވުމަކީ، އެ ރަށު ސްކޫލްގެ ތަރައްގީއާއި ކުރިއެރުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަންވެސް ވަނީ ފާހަގަކުރައްވާފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *