ސަރުކާރުގެ 193 ސްކޫލަކަށް ސްޓްރެޗަރު ހޯދަން އެޑިއުކޭޝަން މިނިސްޓްރީން އިއުލާން ކޮށްފިއެވެ. ސްކޫލްތަކަށް ސްޓްރެޗަރު ހޯދަނީ ގްލޯބަލް ޕާޓްނަރޝިޕް ފޮރ އެޑިޔުކޭޝަންގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ "މޯލްޑިވްސް ލަރނިންގ އެޑްވާންސްމަންޓް އެންޑް މެޝަމެންޓް ޕްރޮޖެކްޓް" ގެ ދަށުންނެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިއަދު ކުރި އިއުލާނުގައި ބުނެފައި ވަނީ ދެ މަސްދުވަހުގެ ތެރޭގައި ސްޓްރެޗަރު ހަވާލުކުރަން ޝަޢުޤުވެރިވާ ފަރާތްތަކުން މި މަހުގެ 27 ވަނަ ދުވަހު ދޭއް، ޖެހުމުގެ ކުރިން އީމެއިލް ކުރުމަށެވެ. އަދި އެ އިއުލާނުގައި ބުނެފައި ވަނީ މި ތަކެތި ފޯރުކޮށްދޭނެ ފަރާތެއް ހޮވުމުގައި އަމަލުކުރެވޭނީ ވަރލްޑް ބޭންކުގެ އުސޫލް "ވޯލްޑް ބޭންކު ޕްރޮކިއަރމަންޓް ރެގިއުލޭޝަންސް ފޯރ އައި.ޕީ.އެފް ބޮރޯވާރސް ޕްރޮކިއުމަންޓް އިން އިންވެސްޓްމަންޓް ޕްރޮޖެކްޓް ފައިނޭންސިންގ: ގުޑްސް، ވަރކްސް، ނޮން-ކޮންސަލްޓިންގ އެންޑް ކޮންސަލްޓިންގ ސަރވިސަސް، އޮގަސްޓް 2018″ ގައި ވާ ގޮތުގެ މަތިން ކަމަށެވެ.
ބީލަން ހުށަހެޅުމަށް ޝައުޤުވެރިވާ ފަރާތްތަކުން 16 ފެބުރުވަރީ 2022 ވާ އާދީއްތަ ދުވަހުގެ މެންދުރު 13:00 އަށް ބީލަން އުޞޫލުގައި ބަޔާން ކުރެވިފައިވާ ލިޔެކިޔުންތައް ހުށަހަޅަން ޖެހެއެވެ. އަދި ބިޑް ސެކިއުރިޓީގެ ގޮތުގައި 30,000 ރުފިޔާ (1،945 ޑޮލަރު) ބިޑާއެކު ހުށަހަޅަންޖެހޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވެއެވެ.
advertisment
ހިޔާލު