ޖެނުއަރީ އިންޓޭކް 2022 ގެ ކޯސްތަކަށް ކުރިމަތިލުމުގެ މުއްދަތު ވިލާ ކޮލެޖުން އިތުރުކޮށްފި

ޖެނުއަރީ އިންޓޭކް 2022 ގެ ކޯސްތަކަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

ކޯސްތަކަށް ކުރިމަތިލެވޭނެ އެންމެ ފަހު ތާރީޙަކީ 16 ޖެނުއަރީ 2022 އެވެ.

މި އަހަރުގެ އިންޓޭކަށްވެސް ވިލާ ކޮލެޖުން ވަނީ ސެޓްފިކެޓް ލެވެލް 3 އިން ފެށިގެން މާސްޓަރސްއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމް ވަނީ ހުޅުވާލާފައެވެ.

ޑިގްރީ ޕްރޮގްރާމްތަކުގެ ތެރޭގައި ޓީޗިންގް، އާރލީ ޗައިލްޑްހުޑް އެޑިއުކޭޝަން، ސައިކޮލަޖީ، ޓޫރިޒަމް އެންޑް ހޮޓެލް މެނޭޖްމެންޓް، ޝަރީޢާ އެންޑް ލޯ، ބޭންކިންގ އެންޑް ފައިނޭންސް، ހިއުމަން ރިސޯސް މެނޭޖްމެންޓް ޑިވެލޮޕްމަންޓް އަދި ބިޒްނަސް މެނޭޖްމެންޓް ހިމެނެއެވެ. ޑިޕްލޮމާ އަދި އެޑްވާންސްޑް ޑިޕްލޮމާ ހެދުމަށް  ބޭނުންވާ ފަރާތްތަކަށް ހުޅުވާލާފައިވާ ޕްރޮގްރާމްތަކަށް ބަލާއިރު ޕަބްލިކް ހެލްތް،ހައަރ އެޑިއުކޭޝން، ޓީޗިންގް (ގުރްޢާނިކް ސްޓަޑީޒް، ދިވެހި ބަސް، އިސްލާމިކް ސްޓަޑީޒް، ރިސާރޗް ސްޓަޑީޒް، ޝަރީޢާ އެންޑް ލޯ، ލީޑަރޝިޕް އެންޑް މެނޭޖްމެންޓްގެ ދާއިރާތަކުން މާސްޓާރސްއަށް ކިޔެވުމުގެ ފުރުޞަތު ފާހަގަކޮށްލެވެއެވެ.

މި އިންޓޭކުގެ ގިނަ ކޯސްތަކެއްގައި އޮންލައިންކޮށް ނުވަތަ ކެމްޕަހުގައި ތިބެގެން ކިޔެވުމުގެ އިޙްތިޔާރު ދަރިވަރުންނަށް ލިބިފައިވެއެވެ.

ކޯސްތަކާއި ގުޅޭ އިތުރު މަޢުލޫމާތު ވިލާ ކޮލެޖްގެ ވެބްސައިޓް އަދި އިޖްތިމާޢީ ވިއުގަތަކުން ލިބިގެންދާނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *