ވިލާ ކޮލެޖްގެ 2021ގެ ސްކޮލަރޝިޕް ސްކީމްގެ ދަށުން 7 ދަރިވަރުންނަށް ސްކޮލަރޝިޕް ހަވާލުކޮށްފި

ވިލާ ކޮލެޖްގެ 2021 ގެސްކޮލަރޝިޕް ސްކީމްގެ ދަށުން 7 ދަރިވަރުންނަށް ސްކޮލަރޝިޕް ހަވާލްކޮށްފިއެވެ.  މި ސްކޮލަރޝިޕް ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ވިލާ ކޮލެޖްގެ ކެމްޕަހުގައެވެ.

މި ރަސްމިއްޔާތުގައި ދަރިވަރުންނަށް ސްކޮލަރޝިޕް ހަވާލުކޮށް ދެއްވާފައިވަނީ ވިލާ ކޮލެޖްގެ ރެކްޓަރ ޑރ. މުހައްމަދު އަންވަރެވެ. ރެކްޓަރ ދެއްކެވި ވާހަކަފުޅުގައި އާދަޔާޙިލާފް ހުނަރުގެ އިތުރުން ހިތްވަރާއެކު ގަދައަޅައި މަސައްކަތްކުރުމަކީ، ކޮންމެ ދާއިރާއެއްގެ މަސައްކަތުގައިވެސް ކުރިއަރައި ދިޔުމަށްޓަކައި ވަރަށް މުހިއްމު ކަމެކެވެ.

2021 ވަނަ އަހަރަށް، ވިލާ ކޮލެޖްގެ ސްކޮލަރޝިޕް ސްކީމްގެ ދަށުން،  ދަރިވަރުންނަށް ސްކޮލަރޝިޕް ހަވާލުކޮށްފައިވަނީ މައިގަނޑު 4 ކެޓަގަރީއަކުންނެވެ. އެއީ ވިލާ ކޮލެޖް / ވިލާ ހައި ސްކޫލް ކެޓަގަރީ، އޯޕަން ކެޓަގަރީ، އެލުމިިނީ ކެޓަގަރީ އަދި ހެލްތް ޕްރޮފެޝަނަލްސް ކެޓަގަރީއެވެ. މީގެ އިތުރުން ވިލާ ކޮލެޖްގެ ސްކޮލަރޝިޕް ކޮމިޓީގެ ޙާއްސަ ނިންމުމުގެ ދަށުން އެންމެ ރަނގަޅު ޢިލްމީ ނަތީޖާއެއް ހޯދާފައިވާ ދަރިވަރަކަށް ވަނީ ޙާއްސަ ސްކޮލަރޝިޕްއެއް ދީފައެވެ.

ވިލާ ކޮލެޖްގެ 2021 ގެސްކޮލަރޝިޕް ސްކީމްގެ ދަށުން  ސްކޮލަރޝިޕް ހަވާލުކޮށްފައިވާ 7 ދަރިވަރުންނަކީ:

 ވިލާ ކޮލެޖެ/ވިލާ ހައި ސްކޫލް ކެޓަގަރީ

ހުސެއިން ނުވާސް، މެދާ، ހދ. ވައިކަރަދޫ

 

ވިލާ ކޮލެޖް އޯޕަން ކެޓަގަރީ

ޕޯސްޓް-ގްރެޖުއޭޓް

އައިޝަތް މަލްހާ، ރަސްވެލި، ރަސްގެތީމު

 

އަންޑަރ-ގްރެޖުއޭޓް

މުޙައްމަދު އަފްޢާން، އެވަރ ހެޕީ، ނ. މިލަންދޫ

 

ފައުންޑޭޝަން

އައިޝަތް އިނާން ރަމްޒީ، ހިރިޔާ، ށ. ފުނަދޫ

 

ވިލާ ކޮލެޖް އެލުމިިނީ ކެޓަގަރީ

ޕޯސްޓް-ގްރެޖުއޭޓް

އުޡްމާން ޝާޒް، ގަހާދަށުގެ، ޅ. ކުރެންދޫ

 

ވިލާ ކޮލެޖް ހެލްތް ޕްރޮފެޝަނަލްސް ކެޓަގަރީ

ޕޯސްޓް-ގްރެޖުއޭޓް

ހައްވާ އަޒުފާ، އެލޭނިރި، ޏ. ފުވައްމުލަކު

 

ސްކޮލަރޝިޕް ކޮމިޓީގެ ޙާއްސް ނިންމުމުގެ ދަށުން އެންމެ ރަނގަޅު ޢިލްމީ ނަތީޖާ ހޯދުމުން ދީފައިވާ ޙާއްސަ ސްކޮލަރޝިޕް

ޢައިޝަތް ރިޔާސާ، އަސުރުމާގެ، މ. ކޮޅުފުށި

މި ސްކޮލަރޝިޕްގެ ބޭނުމަކީ މޮޅު ދަރިވަރުންނަށް ވިލާ ކޮލެޖްގައި ކިޔަވައިދެވެމުންދާ ފުލް-ޓައިމް ކޯސްތަކުގެ ފުލް ފަންޑިންގްއާއިއެކު ކޮލެޖްގައި ކިޔަވާދިނުމުގެ ފުރުޞަތު ފަހިކޮށްދިނުމެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *