ލ.ގަން އިހައްދޫ ސްކޫލުގައި 6 ކްލާސްރޫމެއް އިމާރާތްކުރުމަށް ބޭނުންވާ ބިން ކޮންޓްރެކްޓަރާ ހަވާލުކޮށްފިއެވެ.
މި ސްކޫލުގައި އަލަށް އިމާރަތްކުރެވޭ 6 ކްލާސްރޫމް އެޅުމަށް ހަވާލުކޮށްފައިވަނީ ވެޒްނާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއެވެ. މި ފަރާތާއި ބިން ހަވާލުކޮށްފައިވަނީ އިހައްދޫ ސްކޫލުގެ ޕްރިންސިޕަލް މުޙައްމަދު ނަޒީލް އެވެ.

މި މަޝްރޫޢު ކުރިއަށްގެންދިޔުމަށް ވެޒްނާ ކޮމްޕެނީއާއި ހަވާލުކޮށްފައިވަނީ ހަމިލިއަނަށްވުރެ ގިނަ ރުފިޔާއަށެވެ. އިމާރާތްކުރުމަށް ނިންމުމަށް ހަމަޖެހިފައިވަނީ 200 ދުވަހުގެ މުއްދަތުގެ ތެރޭގައެވެ. އެއީ ބޯކޮށް ވާރޭ ވެހޭދުވަސްތަކާއި އަދި އެހެނިހެން ޤުދުރަތީ ކާރިސާތަކާއި ނުލައެވެ.
އިހައްދޫ ސްކޫލުގައި އައު ކްލާސްރޫމުތައް އިމާރާތްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ 9 ޑިސެމްބަރު 2021 ގައި އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ރިޔާޒު އަދި ވެޒްނާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އަބްދުﷲ ހާނިސް މުސާއެވެ.

އެ މިނިސްޓްރީން ޕަބްލިކް ސެކްޓަރ އިންވެސްޓްމެންޓް ޕްރޮގްރާމް (ޕީ.އެސް.އެސް.އައީ.ޕީ)، ގެ ދަށުން ގިނަ މަޝްރުޢުތަކެއް ދަނީ ކުރިއަށްގެންދަމުންނެވެ. މި ޕްރޮގްރާމް ގެ ދަށުން އެޑިޔުކޭޝަން މިނިސްޓްރީން ހިންގަމުންގެންދާ މަޝްރޫޢުތަކަކީ، ރާއްޖޭގެ ސްކޫލުތަކުގެ ޢުމްރާނީ ތަރައްޤީއަށް ބޮޑު ބަދަލެއް ގެނެސް، ގިނަ ރަށްތަކެއްގައި ސްކޫލުގެ ހިދުމަތް ފައިދާވަނިވި ގޮތެއްގައި ގެނެސްދިނުމުގެ ބޭނުމުގައި ހިންގޭ މަޝްރޫޢުތަކެކެވެ.
advertisment
ހިޔާލު