ނިއު ޖާޒީ ލީޑަރޝިޕް ޕްރޮގްރާމުން ފެލޯޝިޕްއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ސައުތް އޭޝިޔާގެ ޒުވާނުންނަށް ނިއު ޖާޒީ ލީޑަރޝިޕް ޕްރޮގްރާމްއިން ފެލޯޝިޕްއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި ފެލޯޝިޕްގެ ބޭނުމަކީ ނިއު ޖާޒީގައި ތިބި ސައުތް އޭޝިޔާގެ ޒުވާނުންނަށް ލޯކަލް ގަވަރންމެންޓްއަށާއި ސިޔާސަތުތަކަށް ލޯހުޅުވާލަދިނުމެވެ.

ފެލޯޝިޕްއަކީ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓާއި އެކަޑެމިކް ރިސާރޗް ހެދުމަށް ތަފާތު އެކި މުޢައްސަސާތަކުން މަތީ ތަޢްލީމް އުނގެނެމުންދާ ދަރިވަރުންނަށް ހިންގޭ ޕްރޮގްރާމްއެކެވެ.

6 ހަފްތާގެ މުއްދަތަކަށް ނިއު ޖާޒީގައި ހިންގާ މި ޕްރޮގްރާމްގައި ގަވަނަރސް އޮފީހުންނާއި ސްޓޭޓް އޭޖެންސީތަކުން އަދި މެމްބަރ އޮފް ކޮންގްރެސް ފަދަ އިދާރާތަކާއެކު ފުލް-ޓައިމް އިންޓާރންޝިޕްއެއް ، ފެލޯޝިޕްގެ ބައިވެރިންނަށް ދޭން ވަނީ ހަމަޖެހިފައެވެ. މި އިންޓާރންޝިޕްގެ އިތުރުން ކޮންމެ ހަފްތާއެކު ސަރުކާރުގެ އޮފިޝަލުންނާއި، ސީނިއަރ ގަވަރންމެންޓް ސްޓާފުންނާއި، ބިޒްނަސް އެގްޒެކެޓިވްސްތަކުގެ ވާހަކަތައް ހިއްސާކުރުމަށް އެސެމްބްލީއެއް ބޭއްވިގެންދާނެއެވެ.

ނިއު ޖާޒީ ލީޑަރޝިޕް ޕްރޮގްރާމުގެ ރައީސް، އިޝާން ޝާހް ވިދާޅުވީ މިއީ ސަރުކާރު އަދި ޕަބްލިކް ސާރވިސްގެ ޢަމަލީ ތަޖްރިބާ ހޯދުމަށްޓަކައި ވަރަށް ރަނގަޅު ފުރުޞަތެއްކަމަށެވެ.

މިއީ މި ފެލޯޝިޕް ޕްރޮގްރާމް ބޭއްވޭ 7 ވަނަ ފަހަރެވެ. ނިއު ޖާޒީ ލީޑަރޝިޕް ޕްރޮގްރާމްގެ ވުޖޫދުވި ހިސާބުން  ފެށިގެން މިއަދާ ހަމައަށް 60 އެއްހާ ސައުތް އޭޝިއަން ޒުވާނުން ވަނީ ދަސްވެނިވެފައެވެ.

ނިއު ޖާޒީ ލީޑަރޝިޕް ޕްރޮގްރާމުގެ ސަމަރ ފެލޯޝިޕްއަށް ކުރިމަތިލުމުގެ އެންމެ ފަހު ތާރީޙަކީ 25 ފެބްރުއަރީ ވާ ހުކުރު ދުވަހެވެ. މި ޕްރޮގްރާމް އާއިގުޅޭ އިތުރު މަޢުލޫމާތު https://www.njlead.org/މި ލިންކުން ލިބިވަޑައިގަންނަވާނެއެވެ.

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *