ކ. ގުރައިދޫ ސްކޫލުން އޯލެވެލް އިމްތިހާން ހަދާ ދަރިވަރުންނަށް އިންގްލިޝް ރިސޯސް ކްލާސްތަކެއް ކުރިއަށް ގެންގޮސްފިއެވެ.
މި ކްލާސްތަކަކީ ކޭމްޕެއް ގޮތަށް ކުރިއަށް ގެންދިޔަ ކްލާސްތަކެކެވެ. 3 ދުވަހުގެ މުއްދަތަށް ގެންދިޔަ މި ކޭމްޕުގައި ޖުމްލަ 18 ގަޑިއިރު ހޭދަވިއެވެ.

މި ކްލާސްތަކުގައި ބައިވެރިވެފައިވަނީ ގްރޭޑް ނުވައެއް އަދި 10 އެއްގައި ކިޔަވަމުންދާ 12 ދަރިވަރުންނެވެ. އަދި ކްލާސްތައް ނަގާދެއްވީ އިނގުރައިދޫ ސްކޫލުގެ އިނގިރޭސި ޓީޗަރ މުހައްމަދު މާލިކް އެވެ.
އިންގްލިޝް ރިސޯސް ކްލާސްތަކުގެ ބޭނުމަކީ، ދަރިވަރުން އޯލެވެލް އިމްތިހާނަށް ފަރިތަކުރުވުމެވެ. އެގޮތުން، ކިޔަވައިދިނުމާއެކު، ދަރިވަރުންނަށް މަސައްކަތު ވަރކްޝީޓް ދީ، ސުވާލުތަކަށް ޖަވާބުދޭނެ ގޮތްތައް ދަރިަވރުންނަށް ކިޔައިދީފައިވެއެވެ.

ކ.ގުރައިދޫ ސްކޫލުގެ ލީޑިންގ ޓީޗަރ މަރިޔަމް ޝައުފާ ވިދާޅުވީ، މި ކްލާސްތައް ވެގެންދިޔައީ ވަރަށް ފައިދާހުރި ކްލާސްތަކެއްކަމަށެވެ. އެހެންކަމުން، ކާމިޔާބުކަމާއެކު މި ހަރަކާތް ނިންމާލެވުމުން ގްރޭޑް ނުވައެއް އަދި 10އެއްގެ ދަރިވަރުންގެ ބެލެނިވެރިންނަށް ޝުކުރުއަދާކުރުމާއެކު، ސްކޫލް މެނޭޖްމެންޓަށްވެސް ޝުކުރުއަދާކޮށްފައިވެއެވެ. ހަމަމިއާއެކު، ދަރިވަރުންނަށް ކްލާސްތައް ނަގައިދިން އިނގުރައިދޫ ސްކޫލުގެ އިނގިރޭސި ޓީޗަރ މުހައްމަދު މާލިކްއަށްވެސް، އެ ސްކޫލް ލީޑީންގ ޓީޗަރ ވަނީ ޝުކުރު އަދާކޮށްފައެވެ.

ޖީސީއީ، އައިޖީސީއެސްއީ އަދި އެސްއެސްސީ އޯލެވެލް އިމްތިހާން މި އަހަރުގެ މޭ މަހު ފެށުމަށް ހަމަޖެހިފައިވާއިރު، ރާއްޖޭގެ ހުރިހާ ސްކޫލުތަކަކުން ދަނީ ދަރިވަރުން، މި އިމްތިހާނަށް ތައްޔާރުކުރުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ.
advertisment
ހިޔާލު