ސައިރިކްސް ކޮލެޖްގެ ޖެނުއަރީ 2022 ގެ އިންޓޭކްގައި ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު މާދަމާއަށް ހަމަވާނެއެވެ.
އެ ކޮލެޖްގެ ޖެނުއަރީ އިންޓޭކަށް ފުރުސަތު ހުޅުވާލާފައިވަނީ 11 ޑިސެމްބަރ 2021 ގައެވެ. ކޯހަށް ވަނުމަށްޓަކައި ފޯމް ހުށަހަޅޭނެ އެންމެ ފަހު ތާރީޙަކީ 5 ޖެނުއަރީއެވެ.
މި ކޮލެޖްގެ މައިގަނޑު 3 ސްކޫލަކީ، ސްކޫލް އޮފް ބިޒްނަސް، ސްކޫލް އޮފް އިންފޮމޭޝަން ޓެކްނޮލޮޖީ އަދި ސްކޫލް އޮފް ހިއުމޭނިޓީސް އެންޑް އެޑިއުކޭޝަންއެވެ.
ސްކޫލް އޮފް އިންފޮމޭޝަން ޓެކްނޮލޮޖީން ވަނީ އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ސެޓްފިކެޓް ޕްރޮގްރާމްގެ ކޯސްތަކުން ފެށިގެން، މާސްޓަރސް ޕްރޮގްރާމްގެ ކޯސްތަކަށް ފުރުސަތު ހުޅުވާލާފައެވެ.
މި އިންޓޭކްގެ ޑިގްރީ ޕްރޮގްރާމްތަކުގެ ތެރޭގައި ހިމެނެނީ އިންފޮމޭޝަން ޓެކްނޮލަޖީގެ ތަފާތު ދާއިރާތަކެއް ކަމަށްވާ ސޮފްޓްވެއަރ ޑިޒައިން އެންޑް ޑިވެލޮޕްމަންޓް، ވެބް ޕްރޮގްރާމިންގެ، ޑޭޓާބޭސް އެޑްމިނިސްޓްރޭޝަން އަދި ސިސްޓަމް އެޑްމިނަސްޓްރޭޝަންއެވެ.
ސްކޫލް އޮފް ހިއުމެނިޓީސް އެންޑް އެޑިއުކޭޝަންއިންވެސް ވަނީ ސެޓްފިކެޓް ޕްރޮގްރާމްއިން ފެށިގެން، މާސްޓަރސް ޕްރޮގްރާމްގެ ކޯސްތަކަށް ފުރުސަތު ހުޅުވާލާފައެވެ. ސައިކޮލޮޖީ އަދި އާރލީ ޗައިލްޑްހުޑް އެޑިއުކޭޝަންގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ފަރާތަކަށް ސްކޫލް އޮފް ހިއުމެނިޓީސް އެންޑް އެޑިއުކޭޝަންގެ ޕްރޮގްރާމްތަކުން ކެރިއަރ ބިނާކުރެވިގެންދާނެއެވެ.
ބިޒްނަސް އެޑްމިނިސްޓްރޭޝަނާއި މެނޭޖްމެންޓް، އެކައުންޓިންގ އެންޑް ފައިނޭންސް އަދި ހިއުމަން ރިސޯސް މެނޭޖްމެންޓްގެ ދާއިރާއިން މިހާރުވެސް އެތަށް ދަރިވަރުންނެއް ކިޔަވަމުންދާއިރު މި އިންޓޭކްގައިވެސް ސްކޫލް އޮފް ބިޒްނަސްއިން ވަނީ ގިނަ ކޯސްތަކެއް ޢިޢްލާންކޮށްފައެވެ.
މި ހުރިހާ ކޯސްތަކެއްގެ އިތުރު މަޢުލޫމާތު އަދި ކޯހަށް ކުރިމަތިލުމަށްޓަކައި ހުށަހަޅަންޖެހޭ ފޯމް ސައިރިކަސް ކޮލެޖް ގެ ވެބްސައިޓްއިން ލިބެން ހުންނާނެއެވެ. އަދި އެ ވެބްސައިޓްއިން ފޯމް އޮންލައިންކޮށްވެސް ހުށަހެޅޭނެއެވެ.
advertisment
ހިޔާލު