މަލިކުގައި ހުކުރު ދުވަހު ކިޔަވައިދޭން އަންގައިފި

މަލިކު ސްކޫލްގެ ދަރިވަރުންތަކެއް

މަލިކު ހިމެނޭ ގޮތަށް  ލަކްޝަދީބްގެ ހުރިހާ ރަށެއްގައި ހުކުރު ދުވަހު ކިޔަވައިދޭން އިންޑިޔާ ސަރުކާރުން އަންގައިފިއެވެ. މި ނިންމުމާ ގުޅިގެން މަލިކު ރައްޔިތުންވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މަލިކުގައި ހުކުރު ދުވަހަކީ، ސަރުކާރު އޮފީސްތަކަށް ބަންދު ދުވަހެއް ނޫނެނެވެ. ނަމަވެސް ހުކުރު ވަގުތު ޖެހުމުގެ ކުރީން އޮފީސްތައް ބަންދުކުރުމަށްފަހު އެނބުރި ހުޅުވަނީ މެންދުރު ފަހު ދޭއް ޖަހާއިރުއެވެ. އެހެން ނަމަވެސް އަބަދުވެސް ސްކޫލް ދަރިވަރުންނަށް ހުކުރު ދުވަހަކީ ބަންދު ދުވަހެކެވެ.
12000 މީހުންގެ އާބާދީއެއް އޮންނަ މަލިކަކީ، ސައްތައިން ސައްތަ މުސްލިމް ރަށެކެވެ. ދިވެހި ބަހާއި ޤުރުއާން އަދި ޙަދީޘް ކިޔަވައިދޭ  ސްކޫލްތައްވެސް ހުންނަ ރަށެކެވެ. މި ނިންމުމަކީ މި ތަންތަނުގައި ކިޔަވައިދިނުމަށް އެޅުނު ދަތިކުރުމުގެ ފިޔަވަޅެއްގެ ގޮތުގައި މަލިކުގެ ރައްޔިތުންވަނީ ފާހަގަކޮށްފައެވެ.

މަލިކަށް ނިސްބަތްވާ އަންހެނުންތަކެއް.

އިންޑިޔާ ސަރުކާރުން މި ނިންމުން ނިންމިތާ ތިން ހަފްތާވެެފައިވާއިރު މަލިކު ރައްޔިތުންގެ އެދުމަކީ އިންޑިޔާ ސަރުކާރުން މި ނިންމުން ބަދަލުކޮށްދިނުމެވެ. ސްކޫލުތަކުގެ ކިޔެވުން ހެނދުނު 9:30 ގައި ފެށުމަށްފަހު މެންދުރު 12:30 އާ ހަމައަށް ކުރިއަށް ގެންގޮސް އަލުން 1:30 ގައި ކިޔެވުން ކުރިއަށް ގެންދިޔުމަށް އިންޑިޔާ ސަރުކާރުން ވަނީ އަންގާފައެވެ. ހުކުރު ވަގުތު ސްކޫލްތައް ހުޅުވާފައި ބެހެއްޓުމަކީ ޖަމާޢަތުގައި ހުކުރު ކުރުމަށް އެޅޭނެ ހުރަހެކެވެ.
އަބަދުވެސް ދިވެހިންނާއި ގާތް ގުޅުމެއް އޮންނަ މަލިކަކީ، ދިވެހި ބަހުން ވާހަކަ ދައްކާ ދިވެހީންގެ މިތުރުންނެވެ.  މަލިކާ ދިވެހިރާއްޖެއާ ދެމެދުގައި ވަރަށްގިނަ ސަގާފީ ގުޅުންތައް ވެއެވެ. މަލިކު އަތޮޅަކީ، ކުރިން ދިވެހިރާއްޖޭގެ އަތޮޅެކެވެ. ނަމަވެސް ޖޯގްރަފީ އާއި އިޖުތިމާޢީ ޙާލަތު ނިޔާކުރި ގޮތުން އެ އަތޮޅު ވަނީ ދިވެހިރާއްޖެއިން ވަކިވެފަ އެވެ

އެހެންނަމަވެސް މަލިކުގެ ރައްޔިތުންނާއި ދިވެހިންނާ ދެމެދު ވަނީ އެއަށްވުރެ މާގާތް ގުޅުމެކެވެ. އެހެންކަމުން މިއަދު މަލިކުގެ ރައްޔިތުން އެދެނީ ދިވެހީންގެ ހެޔޮ ދުޢާއަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *